ބޭނުންވާ ތަކެތި
500ގ އަލުވި ( ކިޔުބްކޮށް ކޮށައި މަޑުކޮށްފައި )
1 ދަޅު މަސް
1 ލީކް ( ކުދިކޮށް ކޮށާފައި )
6 ބިސް
ޗީޒް ( ގާނާފައި )
1 ގިތެޔޮ މިރުސް
ލޮނު
އަސޭމިރުސް
އަޖިނަމޮޓޯ
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މިރުސް، ލީކްސް ކޮޅު ވަޅޯ ކޮށްލައްވާށެވެ. ދެން މަސް، އަލުވި، އަޖިނަމޮޓޯ، ލޮނު، އަސޭމިރުސް އެއްކޮށް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ.އެއަށްފަހު ބިސް އަދި ޗީޒް ގިރުއްވުމައްފަހު ކުރިން ހެއްދެވި ބައި އެއްކޮށްލައްވާށެވެ. އެއައްފަހު ތަވާގައި ފިއްސަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...