ދުނިޔެ އެމެރިކާ އިން ޕާކިސްތާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 2200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ.

އެމެރިކާ އިން ޕާކިސްތާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 2200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

އެމެރިކާއިން އެއްވެސް ހައްގަކާނުލާ ޕާކިސްތާނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި އެއްވެސް ކުށެއްނެތް އާއްމުންގެ 2200 މީހުންނަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާކަމަށް ލަންޑަން ބޭސްޑް ބިއުރޯ އޮފް އިންވެސްޓިގޭޝަން ޖާނަލިޒަމް އިން ހާމަކޮށްފިއެވެ.

2004 ވަނަ އަހަރުންފެށިގެން ދެމުން އަންނަ މިހަމަލާތަކުގައި މިހާތަނަށް 1100 މީހުންނަށް އެކި ވަރުގެ އަނިޔާތަށް ލިބި ،ކުށެއްނެތް 168 މައުސޫމް ކުޑަކުދިން ވަނީ މަރުވެފައެވެ. މި ހަމަލާތަށް ދޭން ފަށައިފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ގެ ވެރިކަމުން ފެށިގެންނެވެ. މިހާތަނަށް މުޅިއެކު 291 އަށް ވުރެ ގިނަ ވައިގެ ހަމަލާ އެމެރިކާ އިން ޕާކިސްތާނަށް ދީފައިވެއެވެ.

މި ރިޕޯޓްގައި ވާގޮތުން ބަރަކް އޮބާމާ ވެރިކަމާ ހަވާލުވުމަށް ފަހު ޕާކިސްތާނަށް ދޭ ވައިގެ ހަމަލާތަށްވަނީ ގިނަވެފައެވެ. އެގޮތުން 236 ހަމަލާއަށް ވުރެ ގިނަ ހަމަލާ އޮބާމާގެ ވެރިކަމުގައިވެސް ޕާކިސްތާނަށް ދީފައިވާކަމަަށް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

ވޮޝިންޓަނުން ހާމަކުރާގޮތުގައި ޕާކިސްތާނަށް ދޭ ހަމަލާތަކަކީ އަލް ގައިދާ އަދި ޠާލިބާން ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެކެވެ.

އެމެރިކާގެ ސިފައިން އަބަދުވެސް ދަނީ ކޮންމެވެސް ބަހަނާ އެއް ދައްކަމުން މުސްލިމުންނަށް އެކި ގޮތްގޮތުން ޖެއްސުންކޮށް ފުރައްސާރަކުރަމުންނެވެ. އަދި ކުށެއްނެތް އާއްމުން މަރާ އާއްމުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ދެމުންނެވެ.

ޓެގް

އަލް ގައިދާ ޠާލިބާނުން ހަމަލާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.