މަދީނާގެ މަޒަރ ސައްޔިދު އަލް ޝުހާދާ އަވަށުގައި މިދިޔަ ހޯމަ ދުވަހު މަރުވެފައިވާ ފިރިހެން މީހާއަކީ މިޞްރުގެ މީހެއްކަން އެނގިއްޖެއެވެ.
މަދީނާގެ ޕޮލިސް ސްޕޯކްސްމަން ފަހްދު އަލް ޣަންނާމް ވިދާޅުވީ މިކަން އެނގުނީ އަނބިމީހާ ފުލުހުންނަށް އެއީ އޭނާގެ ފިރިމީހާގެ ހަށިގަނޑުކަން ކަށަވަރުކޮށް ދިނުމުން ކަމަށެވެ. އަދި ވިދާޅުވީ އޭނާ މިމީހާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އާއްދިތަ ދުވަހު ކަމަށާއި އެއީ އޭނާ ޢުމްރާ ވާން ސައުދީ އަށް ދިޔަތާ ދެވަނަ ދުވަހެވެ. މަރުވިއިރު މިމީހާގެ އުމުރަކީ 65 އަހަރެވެ.
މި މީހާގެ އަނބިމީހާ ބުނިގޮތުގައި އޭނާއަކީ ހަށިގަނޑު ބެލެންސް ނުކުރެވި ވެއްޓޭ ބަލީގެ މީހެއް ކަމަށާއި އޭނާ ދަނީ އެ ބައްޔަށް ފަރުވާކުރަމުން ކަމަށެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑު ފުލުހުން ބެލިބެލުމުގައި އެއްވެސް ކަހަލަ އަނިޔާ އެއް ނުވަތަ ގެއްލުމެއް ފެނިފައި ނުވާކަމަށް އަލް ޣަންނާމް ވިދާޅުވިއެވެ. އިތުރަށް އެނާ ވިދާޅުވީ އިންވެސްޓިގޭޝަން ބިއުރޯ އިން ކުރަން ޖެހޭ ޤާނޫނީ ހުރިހާ ކަމެއް ނިމުމުން އޭނާ އަބުރާ ރަށަށް ފޮނުވާނީތޯ ނުވަތަ މަދީނާގައި ވަޅުލާނީތޯ އެނގިގެން ދާނެކަމަށެވެ.
މަދީނާގެ ޓްރެފިކް ޕޮލިސްގެ ޑިރެކްޓަރ މުޙައްމަދު އަލް ޝަންބަރީ ވިދާޅުވީ މިފަހަރު ޢުމްރާގެ އަޅުކަން އަދާކުރަން އައި ހުރިހާ މީހުންގެ ވެސް ޓްރެފިކް ޤަވައިދު ތަކަށް ވަރަށް ބޮޑަށް ރައްކާތެރި ވެފައިވާ ކަމަށާއި އަދި މިބަރަކާތްތެރި ރަމަޟާން މަހުގައި އުމްރާވާން އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓެރެފިކް ފުލުހުންގެ ޢަދަދު ގިނަ ކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ފައިތުވީ 10 ދުވަހުގެ ތެރޭގައި މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 2 އެކްސިޑެންޓުގެ މައްސަލަ ކަމަށެވެ.

















advertisment
ޚިޔާލު