ސުފުރާ

ބަރަބޯ ޕިރިނީ

ބޭނުންވާތަކެތި

1 ބަރަބޯ ( 900ގ. ގާނާފައި )

2 ދަޅު ގެރި ކިރު

2 ސަމްސާ މާފެން ނުވަތަ ވެނީލާ އެސެންސް

3 ސަމްސާ ކޯންފްލަރ

2/1 ޖޯޑު ހިކި މޭބިސް ކަނދުރު

2/1 ޖޯޑު ކަޖޫނަޓް ( ކޮށާފައި )

ހައްދަވާނެގޮތް

ބަރަބޯ ކޮޅު ރަގަޅަށް ދޮވެ ކިރުފިލުވާލާފައި ބަހައްޓާށެވެ. ތެއްޔަށް ފެން އަޅައި އުދުންމައްޗަށް އުދާފައި ފެންއެތި ކެކިގަތީމާ ބަރަބޯކޮޅު އަޅާލާށެވެ. ބަރަބޯކޮޅު ދެބައިކުޅަ އެއްބަޔަށް މަޑުވީމާ ހަލަންޏަކަށް އޮއްސާލާފައި ފެންކޮޅު ހުސްވީމާ އަނެއްފަހަރު ތެއްޔަށް ބަރަބޯ ކޮޅު އަޅާލާށެވެ. ގެރިކިރާއި ހިކިމޭބިސްކަދުރު އަދި ކަޖޫނަޓް ކޮޅާއިއެކު އުދާފާއި ބޮކިޖަހާ ކެކެން ފެށުމުން ކޯންފްލަރ ކޮޅު ގިރާލުމަށް ފަހު އެއްކޮށްފައި ކެކިރޯފިލުމުން އެސެންސް ނުވަތަ މާފެން އަޅާލުމަށްފަހު އުދުންމަތިން ބާލާށެވެ. ހިހޫވީމާ ފްރިޖްގައި ބަހައްޓައިގެން ފިނިކޮށްލާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ