ސައިންސާއި ޓެކް "އިރުގަ ބަޔަކު އެބައުޅޭ"

"އިރުގަ ބަޔަކު އެބައުޅޭ"

"އިރުގަ ބަޔަކު އެބައުޅޭ"

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފިސިކްސް އާއި ކެމިސްޓްރީ ޢިލްމްގެ އަލީގައި ސައިންސްވެރިން އިރުގައި ދިރުމެއް ނުވަތަ ބަޔަކު ދިރި އުޅޭކަމަށް ދައުވާކުރެއެވެ. އިރުގެ ބޭރުފަށަލަ ނުވަތަ ކްރޮމޯސްފިއަރގެ ހޫނުމިނަކީ 4000 ޑިގްރީ ސެލްސިއެސްއެވެ. ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ފިނިހޫނުމިނުގެ 108 ގުނައެވެ. ދެންއޮންނަ ފަށަލަ ނުވަތަ ފޮޓޯސްފިއާރގެ ހޫނުމިނަކީ 30،000 ޑިގްރީ ސެލްސިއެސްއެވެ. ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ފިނިހޫނުމިނުގެ 817 ގުނައެވެ. މިފަށަލާގައި ޒައްރާ (އެޓަމްސް) ތަކުގައިވާ އިލެކްޓްރޯންތައް ޒައްރާގެ އިމުން ބޭރުގައި ދައުރުވެއެވެ. މިތާގައިވާ ހޫނު ގޭސްތަކުގެ ޖާގަހިފާ ނިސްބަތުންޖެހޭ ބަރުދަން (ޑެންސިޓީ) ބިމުގެ ޖައްވުގައިވާ ވައިގެ ފަށަލަޔާ އެއްވަރެވެ

އިރުގެ މެދާ ހަމައަށް ދާއިރު ހޫނުމިން އެތައް މިލިއަން ދަރަޖައަކަށް އަރައެވެ. މިހިސާބުގައި އިލެކްޓްރޯންތައް ޒައްރާތަކުން މުޅިންވަކިވެ ފުރިހަމަ އަށް މިނިވަންވެއެވެ. މިގޮތަށް ވަކިން އުޅޭ + ނުވަތަ – ޗާރޖުގެ ޕާރޓިކަލްސް ނުވަތަ އަޔޮންސް (ޒައްރާގެ އެތިކޮޅުކޮޅު) އެއް އަޔޮން އަނެއް އަޔޮންއާއި ވަކިން ފުރިހަމައަށް މިނިވަންވެއެވެ. މިއަށް ސައިންސްވެރިން ކިޔަނީ "ޕްލާސްމާ" ނުވަތަ (+ އަދި – ޗާރޖުތަކުން ވާ އަލިފާނެވެ". މި އަލިފާނުން ދުމެއް ނާރާނެއެވެ. ވީމާ، މިއީ ޤުރުއާންގައި ވާ ދުންނާރާ އަލިފާނަށް ވުމަކީ އެކަށީގެންވާކަމެވެ

އިރުގެ މެދު (ކޯރ) ގައިވާ އަލިފާނުގެ ހޫނުމިނަކީ 10،000،000 (ދިހަމިލިއަން) ޑިގްރީ ސެލްސިއަސްއެވެ. ނުވަތަ އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިނުގެ 273000 (ދެލައްކަ ހަތްދިހަތިންހާސް) ގުނައެވެ. އެއަލިފާނުގެ އެއްލިޓަރު، ހަރު ރަނުގެ އެއްލިޓަރަށް ވުރެއް ފަސްގުނަ ބަރުވާނެއެވެ. މި ބުމުގައި ލެއްވި އެއްވެސް އެއްޗަކަށްވުރެއްވެސް ބަރު (ޑެންސް) ވާނެއެވެ. މިހިސާބުގައި އެއް ހައިޑްރޯޖަން ޒައްރާ އަނެއް ހައިޑްރޯޖަން ޒައްރާއާއި ނިއުކުލިއަރ ގުޅުމަކުން ލާމެހި ހީލިއަމްގެ ޒައްރާއަށް ބަދަލުވާ ހިނދު މިނިވަންވާ އެތަކެއް ބިލިއަން ހަކަތަ އަހަރެމެން އިންސާނުންނަށް މިލިބެނީ އިރުގެ އަލި ދޯދިތަކުގެ ސިފައިގައެވެ

1980 ވަނަ އަހަރު ކޮލަންބިއާ ޔުނިވަރސިޓީގެ ދެ ފިސިކްސް ސައިންސްވެރިން ކަމަށްވާ ޖީ. ފެއިންބާރގް އަދި އާރު. ޝެޕިރޯ ގެ ފޮތް "ލައިފް ބިޔޯންޑް އާރތް" ޝާއިއުކުރި ވިލިއަމް މިރޯރ ލަފާކުރާގޮތުގައި އިރާއި އެހެނިހެން ތަރިތަކުން ދިރުމެއް ފެނުމަކީ ވަރަށް ލާއިގު ކަމެކެވެ. އެމީހުން އެއަށް ކިޔަނީ "ޕްލާސްމާ ބީސްޓްސް" (+ ނުވަތަ – އިން އުފެދިފައިވާ އަލިފާނުގެ ފުރޭތަ) އެވެ. އެއީ ދުންނާރާ އަލިފާންކަމަށްވެފައި، ޕްލާސްމާ ބީސްޓްސް އަކީ އެއިގެން އުފެދުނުއެއްޗަކަށް ވެއްޖެއްޔާ، ޔަޤީންވަނީ އެ މަޙްލޫގުންނަކީ ޖިންނިން ކަމެވެ

މިދެންނެވި ޕްލާސްމާތައް ދައުރުކުރުވަނީ އިރުގައިވާ ވަރުގަދަ ދަގަތްފާނީ ބާރުންނެވެ. އަޅުގަނޑުމެންގެ ބައެއް އަޙުންނާއި އުޙްތުންނަށް ރޭގަނޑު ފެންނަ އަލިފާން ގުޅަގުޅައަކީ މިދެންނެވި ޕްލާސްމާއަށް ވުމަކީ ވަރަށްކައިރި ކަމެކެވެ. ގޮތްނޭގޭ ކަންތައްތައް ހިނގާ ތަންތަނުގައި (ޖިންނި ޝައިތާނުން އުޅޭކަމަށްބުނާ ތަންތަނުގައި) ދަގަތްފާނީ ބާރުހުންނަކަމަކީ މިއަދުގެ ސައިންސްވެސް އަދި އާންމު ތަޖުރިބާވެސް ހެކިދޭކަމެވެ. ހަމަކަށަވަރުންވެސް ﷲ އީ ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.