ދުނިޔެ މައްކާގެ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް 4000އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަނީ

މައްކާގެ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް 4000އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ސުލެއިމާން އަލް އަޖްލަން/ ލިޔުނީ: އިބްރާހިމް މަބްރޫކް

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް މައްކާގެ ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް 4000އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް މައްކާގެ ޓްރެފިކް ޑިޕާޓްމެންޓުން ހާމަކޮށްފިއެވެ.

އަރަބް ނިއުސް އަށް މައުލޫމާތު ދެއްވަމުން ސުލެއިމާން އަލް-އަޖްލަން ހާމަކުރިގޮތުގައި ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ގިނަ އަދަދެއްގެ މުސްލިމުން އުމްރާގެ އަޅުކަމަށް އަންނާނެތީ މިހާރު ވަނީ ޓްރެފިކް ސިފައިންގެ އަދަދު އިތުރުކޮށްފައި ކަމަށާއި އަދި ސަލާމަތީ ސާމާނު ފުލުހުންނަށް ދީފަކަމަށެވެ.

މީގެއިތުރުން އަލް އަޖްލަން ހާމަކުރާގޮތުގައި މިހާރު މައްކާގައި ހަދައިފައިވާ ރެއިލްވޭގެ ސަބަބުން ޓްރެފިކްގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. އަދި މިހާރު ހަދަމުން އަންނަ ރިންގ ރޯޑް ގެ ސަބަބުންވެސް ޓްރެފިކްގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށާއި އަދި އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެދިފަ ވާނެކަމަށް އަލް އަޖްލަން އިތުރަށް އަރަބް ނިއުސްއަށް މައުލާމާތު ދެއްވަމުން ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ރަމަޟާންމަހު އެތަށް ހާސް މުސްލިމުންނެއް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދެއެވެ.

ޓެގް

ޓްރެފިކް މައްކާ އަލް އަޖްލަން ސިފައިން މުސްލިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.