އަދާލަތު ޕާޓީއިން އިންތިޒާމްކޮށްގެން ދަރުސްއެއް ބާއްވައިފިއެވެ.
'ދެރަނުވާށެވެ!' މިމައުޟޫއަށް އަދާލަތު ޕާޓީއިން ބޭއްވި މިދަރުސްގައި ތަޤްރީރު ކުރެއްވީ އެޕާޓީގެ ޢިލްމުވެރިންގެ ކޮމެޓީގެ ނައިބް ރައީސް އައްޝެއިހް އިލްޔާސް ހުސެއިންއެވެ. ޓީވީއެމް އިން ދަރުސް ވަގުތުން ގެނެސްދީފައިވާއިރުވެސް މިދަރުސް އަޑުއެހުމަށް ޝައުގުވެރިވެ ގިނަ އަދަދެއްގެ ބަޔަކުވަނީ ރޭ ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ.
'ހައްޤުބަސް' މިސިލްސިލާ ދަރުސްތަކުގެ ތެރެއިން ރޭގެ ދަރުސްގައި ޝެއިހްގެ ތަޤްރީރުގައި 'ކުރެވިފައިވާ ފާފަތަކުގެ ސަބަބުން މާޔޫސްވެ ދެރަވެފައިވާ އެންމެހާ ދިވެހި ރައްޔިތުންނަށް މާތްﷲގެ މަގަށް ރުޖޫއަވުމަށް' ގޮވާލާފައިވެއެވެ. އަދި ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި ހައްޤަށް ރުޖޫއަވެ އިސްލާމްދީނުގެ އަލިގަދަ ނޫރުގެ ދަށުގައި ފައިތިލަ ސާބިތުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ގިނަ ބަޔެއްގެ ޝައުގުވެރިކަން ހޯދި މިދަރުސްގައި ޝެއިހް އިލްޔާސްވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި މައުޟޫއަށް ވަރަށް ފުރިހަމައަށް އިންސާފުކުރައްވާފައެވެ.
'ދެރަނުވާށެވެ.' މިދަރުސް މިހާރުވަނީ މަޝްހޫރު ދީނީ ވީޑިއޯ ވެބްސައިޓް ދަރުސްލައިވްއަށް އަޕްލޯޑް ކޮށްފައެވެ. އަދި މީގެ ހައިކޮލިޓީ ޑީވީޑީ އަދާލަތުޕާޓީއިން ވަރަށް އަވަހަށް ނެރޭނެކަމަށް އެޕާޓީއިން ހާމަކުރައްވައެވެ.
'ދެރަނުވާށެވެ.' މިދަރުސް ބައްލަވާ!

ކޮމެންޓް (0)
ލޯޑް ކުރަމުން...