އޭޝިއާ

ޗައިނާއަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން 26 މަރު

ޗައިނާއަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން 26 މީހުން މަރުވެ، 160 މީހުން ޒަހަމްވެ، 1000 ގެ މުޅިން ސުންނާފަތިވެ، 10000 ގެ ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަމަށް ޗައިނާގެ ރަސްމީ ނޫސް އެޖެންސީއިން ހާމަކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ޗައިނާއަށް އައި މިބިރުވެރި ތޫފާން އައިސްފައިވަނީ 'ލިއަންގޕިން' އަދި 'ޑިއަންޖިއަންގ' ޑިސްޓްރިކްޓް އަށްކަމަށް ކަމާބެހޭފަރާތްތަކުން ހާމަކުރެއެވެ. ނަގޫރޯޅިއަކާއި އެކު އައި މިތޫފާނުގެ ސަބަބުން މުޅި ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ހޮސްޕިޓާ ތަކުގައި ބޭނުންކުރާ ކަރަންޓު އާލާތްތައްވެސް ހަލާކުވެފައިވާކަމަށް ހަބަރު ލިބެއެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ވައިޖެހިފައިވަނީ ގަޑިއަކު 100 ކިލޯ މީޓަރަށް ކަމަށް ރިޕޯޓްތަކުންބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ