ރާއްޖޭގެ ޚަބަރު އަނަންތަރާ ރިސޯޓުގެ މުވައްޒަފުންނަށް ޝައިޚް ފަރީދު ދަރުސް ދެއްވައިފި

އަނަންތަރާ ރިސޯޓުގެ މުވައްޒަފުންނަށް ޝައިޚް ފަރީދު ދަރުސް ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސަގީފް

އަނަންތަރާ މޯލްޑިވްސްގެ މުވައްޒަފުންނަށް ޝައިޚް ފަރީދު ދީނީ ދަރުސް ދެއްވައިފިއެވެ.

ދެ ދަންފަޅި އަށް ބަހާލައިގެން ޝައިޚް ދެ ދަރުސެއް ދެއްވިއެވެ. އެއީ ދެ ރަށުގައި އުޅޭ މުވައްޒަފުންނެވެ. މެންދުރު ނަމާދަށް ފަހު 14:45 ވަންދެން ދަރުސް ދެއްވާފައިވަނީ މަރީނާގެ މިސްކިތުގައެވެ. އަސްރު ނަމާދަށްފަހު 17:45 ވަންދެން ދަރުސް ދެއްވާފައިވަނީ ވެލިގަނޑުހުރާގެ މިސްކިތުގައެވެ.

ދަރުސްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ނަމާދާއި ރަމަޟާން މަހާއި އެމަހުގެ މާތްކަމާއި ދީނީ އެކިއެކި ޙުކުމް ތަކުގެ މައްޗަށެވެ. އަދި މުވައްޒަފުން ކުރެއްވި ސުވާލުތަކަށް ޝައިޚް ޤުރުއާނާއި ސުންނަތުގެ އަލީގައި ޖަވާބު ދެއްވިއެވެ. މިދަރުސްތަކަށް ދިވެހިންގެ އިތުރު ބަނގްލަދޭޝްގެ ރައްޔިތުންވެސް މިދަރުސަށް ހާޟިރުވިއެވެ.

މިދަރުސް އިންތިޒާމްކުރީ އަނަންތަރާގެ މުވައްޒަފުންކޮޅެއް އިސްނެންގެވުމުގެ މަތިން އަނަންތަރާ މެނޭޖްމެންޓް އިން ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ހާމަކުރިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޝައިޚް ފަރީދު ވިދާޅުވީ މި ރަމަޟާން މަހު ދަރުސް ދިނުމަށްޓަކައި އިތުރު ރިސޯޓްތަކުން ދަޢުވަތު ލިބިފައިވާ ކަމަށާއި، މާތް ﷲ އިރާދަކުރެއްވިއްޔާ އެރިސޯޓުތަކަށް ކައިރި މުސްތަޤްބަލެއްގައި ދެވޭތޯ ބަލާނެކަމަށެވެ.  އޭގެ ތެރޭގައި ކަނޑޫމާ ރިސޯޓް ފަދަ ތަންތަން ހިމެނޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.