ރިޕޯޓް މާލޭގެ ކުނިގޮނޑުތަށް ކާބޯތަކެތިން ފުރެނީ

މާލޭގެ ކުނިގޮނޑުތަށް ކާބޯތަކެތިން ފުރެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޢައިޝާ މުނާ

.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވާ ކަހަލަ ރަމަޟާން މަހަކީ ދުނިޔޭގެ ލެއްވިހާ ކާބޯތަކެތި ކާންޖެހޭ މަހެކޭ، މިގޮތުން އިރު އޮއްސެންވާ އިރަށް ހުރިހާ ބާވަތް ބާވަތެއްގެ ކާތެކެތި ހަދާ ސުފުރާމަތި ޒީނަތްތެރި ކުރެއެވެ. އެފަދަމީހުން ހިތަށް އަރައެވެ. މިއަދު އަހަރެން ވަރަށް މީރު އެއްޗެހި ކާނަމެވެ. ނަމަވެސް ގިނަފަހަރު މިކުރެވެނީ ކީއްތޯއެވެ. އެތަށް ބައިވަރު އެއްޗެހި ތަކެއް ހަދާ ނުކެވިގެން އުކާލެވެނީ އެވެ. އިސްރާފުކުރެވެނީ އެވެ.

އިސްރާފުކުރުމަކީ އިސްލާމުދީންނުގައި ވަރަށް ބޮޑަށް މަނާ ކުރަށް ވައިފައިވާކަމެކެވެ. އެގޮތުން މާތްﷲ ކީރިތިޤުރުއާންގެ ސޫރަތުލްއަޢްރާފްގެ 31 އާޔަތުގައި ވަޙީ ކުރައްވައިފައި ވަނީ  އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.

އަޅުގަޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ނަޒަރު ހިންގާ ލަމާ ހިންގާށެވެ. އިންޑިޔާ އަދި ސްރީލަންކާ މީހުންނަކީ ވަރަށް ބޮޑަށް އިސްރާފު ކުރެވިދާނެތީ ބަލައިގެން އުޅޭ ބަޔެކެވެ. މިގޮތުން ރޭގަނޑު ކައިފަ ހުންނަށް ބަތް އަދި ރިހަ ކޮޅު ވެސް އުކާނުލާ ފިރްޖު ކުރެއެވެ، އަނެއްދުވަހު ހޫނު ކޮށް ލައިގެން ބޭނުން ކުރެއެވެ. މިގޮތަށް މިމީހުން ކަންތަށް ކުރާއިރު އަޅުގަނޑުމެން ދިވެހިން ނަށް ނުކުރެވެން ވީ ކީއްވެތޯއެވެ. ފަހަރެއް ގައި ބައެތް ބޭފުޅުން ވިދާޅުވެދާނެ "އަށްޗީޑިއޭ" އެކަމަކުވެސް ވިސްނާފިކިރު ކޮށްލަމާ ހިގާށެވެ. އެގޮތަށް ބެހެއްޓުން އެއީ ފަކުރު ގަންނަ ކަމަކަށް ވާނަމަ ކެވޭ މިން ވަރަށް ކައްކާތެކެތި ތައްޔާރު ކުރެވިދާނެއެވެ. އުކާލުމުގެ ބަދަލުގައި ގޭ ކައިރި އަވެއްޓެރިންނަށް ދީ ވެސް ހެދިދާނެއެވެ.

އަޅުގަނޑުމެންގެ ސުފުރާމަތީ ގައި އިރުއޮއްސޭ އިރު ރޮށި، ރިހަ، އެކިބާވަތް ބާވަތުގެ ހެދިކާ އަދި ދެވައްތަރުގެ ފަނި ނުހުންނަ ގެއެއް ވަރަށް މަދުވާނެއެވެ. މިހާ މީރުކޮށް ކައި ހަދާއިރު ދުނިޔޭގެ ފަޤީރު ޤައުމުތަކުގައި ކާން ނުލިބިގެން މަރުވާ މީހުން ނާއި މެދު ވިސްނާލަމާ ތޯއެވެ. މީރު ފެން ފޮންފޮދެއްވެސް ނުލިބޭ މީހުން މިދުނިޔޭގައި މަދެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެން އެއްލާލާ އެންމެ ރޮށި ކޮޅެއްވެސް އެއީ ސޯމާލިޔާ ފަދަ ޤައުމުތަކުގައި ވާ ކުޑަކުދިންގެ އެއްދުވަހުގެ ކެއުމެވެ. ވީމާ މަތް ﷲ އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖެއަށް ދެއްވާ ފައިވާ ނިޢުމަތްތަށް ގުނާ އަދަދު ނުކުރެވެއެވެ. އެކަލާނގެއަށް ޝުކުރުކުމުމާއި މެދު ޣާފިލު ނުވާށެވެ. ތަނެއްގައި އިށީދެ ރަނގަޅަށް ހަމަޖެހިލައިގެން އަޅުގަނޑުމެންނަށް މި ހެޔޮކަމުގެ މަހުގައި ކުރޭ އިސްރާފު ފަދަ ނުބައި ކަމަކުން ސަލާމަތް ވާނެ މަގު ހޯދަމާހެވެ. ކެވޭ މިންވަރަށް ވުރެއް އިތުރަށް ކާތެކެތި ނެހެދުމަށް އަޒުމުކަނޑަ އަޅަމާ ހިގާށެވެ.

މާތްﷲ ކީރިތިޤުރުއާންގެ ސޫރަތުލްއިބްރާހީމް ގެ 7 އާޔަތުގައި ވަޙީ ކުރައްވައިފައި ވަނީ އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެނގެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދައްނާށެވެ) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވެއެވެ.

ވީމާ އަޅުގަނޑުމެން އިސްރާފުނުކުރަމާ ހިނގާށެވެ. އަދި އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ވެސް ކުޑައިރުން ފަށާއިގެން ވެސް އިސްރާފުކުރުމުން ދުރުކުރަމާހިގާށެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.