ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ "މައައްޝަބާބް - ޒުވާނުންނާއެކު" ޕްރޮގްރާމް މިރޭ މަސްޖިދު ފުރުޤާން (މާލޭހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ވަޤުތީ މިސްކިތް) ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްގްރާމް އޮންނާނީ މިރޭ ތަރާވީހް ނަމާދަށްފަހު 21:30 ގައެވެ. މި ޕްރޮގްރާމް އަޑުއެހުމަށްޓަކައި އަންހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެއެވެ. "މައައްޝަބާބް" ޕްރޮގްރާމަކީ ޝައިޚް އާދަމް ޝަމީމް މެލޭޝިޔާގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް ޒުވާނުންނާއެކު ޓޯކް ޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ޒުވާނަކު ވިދާޅުވީ ޝައިޚް ޝަމީމް މާދަމާ މެލޭޝިއާ އަށް ވަޑައިގެންނެވުމަށް ފުރުއްވާނެ ކަމަށާއި އަދި ޝައިޚް މެލޭޝިއާ އަށް ވަޑައިގެންނެވުމަށް ފަހު، ކުރިންވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ގޮތަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ ރޭ ޕްރޮގްރާމް އިންޝާﷲ އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޝައިޚް ޝަމީމް ރާއްޖޭގައި ހުންނެވި ދުވަސްތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ނުވަނީ ދަޢުވަތުގެ އެހެނިހެން ހަރަކާތްތަކުގައި ޝައިޚް މަޝްޢޫލުވެ އުޅުއްވުމުގެ ސަބަބުންނެވެ.
މައައްޝަބާބް - ޒުވާނުންނާއެކު ފޭސްބުކް ޕޭޖް

ކޮމެންޓް (0)
ލޯޑް ކުރަމުން...