އޭޝިއާ ތަޒިކިސްތާނުގައި 18 އަހަރުން ދަށުގެ ކުޑަކުޑިންނަށް މިސްކިތައް ނޭރޭ ގޮތަށް ޤާނޫނެއް ފާސްކޮށްފި.

ތަޒިކިސްތާނުގައި 18 އަހަރުން ދަށުގެ ކުޑަކުޑިންނަށް މިސްކިތައް ނޭރޭ ގޮތަށް ޤާނޫނެއް ފާސްކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ މުނާ

ތަޒިކިސްތާނުގެ ރައީސް އެމޯމާލީ ރަހުމާން 18 އަހަރުން ދަށުގެ ކުޑަކުޑިންނަށް މިސްކިތައް ނޭރޭ ގޮތަށް ޤާނޫނެއް ފާސްކޮށް އެގައި ސޮއިކޮއްފިއެވެ.

މިގޮތަށް މިކަން ކޮއްފައި ވަނީ ވަރަށް ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިންކަމަށް އެމީހުން ބުނެއެވެ. މީގެއިތުރުން މިކުދިންނަށް ވަނީ ދީނީ ޢިލްމު ޢުގަނައިދޭ ސްކޫލުތަކުގައި ކިޔެވުން ވެސް މަނާ ކޮށްފައެވެ. މި އާ ޤާނޫނުގެ ސަބަބުން ފައްޅިއަށް ދާ 18 އަހަރުނުވާ ކުދިނަށް ވެސް ނުދެވޭނެ ކަމަށް ބައެއް ފަރާތް ތަކުން ބުނެއެވެ. ތަޒިކިސްތާނުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އަކްބަރު ތުރާޖޮންޒޯދާ ވަނީ މީ ޤާނޫނަކީ ކަލާންގެ އަމުރުފުޅާ ޙިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ބުނެ ފާޑު ވިދާޅުވެފައެވެ.

އީރާންގެ ދީންވެރިޔެއް ކަމުގައިވާ އާޔަތުﷲ ބުނީ ގޮތުގައި " ތަޒިކިސްތާނުން އުޅުނީ އެޤައުމުގެ މުސްލިމުންނާއި ޒާތީ ގޮތުން ޖައްސައިލައިގެން ކަމަށާއި އަދި މިމީހުންގެ މަޤްސަދަކީ މެދު އިރުމަތީ އޭޝިޔާގެ މުސްލިމުންނަށް ދަތިކުރުން ކަމުގައެވެ. އަދި އިތުރަށް އެނާ ބުނީ ސަރުކާރުގެ މިޤާނޫނުގެ ސަބަބުން އެމީހުން ފޭލް ވުން ކައިރި ކަމަށާއި އަވަހަށް އެޤައުމުގެ މުސްލިމުންގެ ކިބައިނާއި އަދި މުޅި ދުނިޔޭގެ މުސްލިމުންގެ ކިބައިން މާފަށް އެދުމަށެވެ. އަދި އިސްލާމުންނާއި ޖައްސައިލައިގެން އުޅުން ދޫކަށް ލުމަށް ވެސް އާޔަތުﷲ ގޮވާލިއެވެ."

ޓެގް

ތަޒިކިސްތާނު މަނާ މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.