ދުނިޔެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ޝަރީއަތަށް ޙާޞިރުކޮށްފި.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ޝަރީއަތަށް ޙާޞިރުކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު ޝަރީއަތަށް ޙާޞިރުކޮށްފިއެވެ.

30 އަހަރު ދުވަހަށް ވުރެ ގިނަސް ދުވަސްވަންދެން މިސްރުގައި ވެރިކަން ކުރެއްވި ހުސްނީ މުބާރަކް ކޯޓަށް ގެނެސް ފައިވަނީ ސްޓްރެޗަރަކަށް އަރުވައިގެންނެވެ. ހުސްނީ މުބާރަކާއި އޭނާގެ ދެ ދަރިންވެސް ވަނީ މިއަދު ކޯޓަށް ޙާޞިރުކޮށްފައެވެ. ހުސްނީ މުބާރަކްގެ މައްޗަށް އުފުލޭ ދައުވާއަކީ ޚިޔާނާތުގެ ކުށާއި އޭނާގެ ވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާގައި ބައިވެރިވި ރައްޔިތުން މެރުމަށް އަމުރުކޮށްފައިވާތީ ކަމަށް  އެކަމުގެ ދައުވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައެވެ.

މި ދައުވާތަށް މުބާރަކްގެ މައްޗަށް އުފުލައިފާ ވީ ނަމަވެސް އެ ދައުވާތަކަށް އޭނާ އިންކާރުކޮށްފައިވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. އަދި މުބާރަކްގެ ދެ ދަރިންކަމަށްވާ ޖަމާލް އާއި އަލާ ވެސް ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ގާހިރާގެ ޕޮލިސް އެކަޑަމީގައި ޝަރީއަތް ކުރިޔަށް ދިޔައިރު 3000 އާ ގާތް ކުރާވަރަކަށް ރައިޓް ގިއަރުގައި ތިބި ފުލުހުންނާއި ސަލާމަތީ ފުލުހުން ހަރަކާތްތެރިވިކަމަށް ހަބަރުތައް ބުނެއެވެ.

ޓެގް

ޝަރީއަތް ހުސްނީ މުބާރަކް މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.