ދަރުސް ޚަބަރު ރަމަޟާން މަހު އަސްރު ނަމާދަށް ފަހު އިސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސްތަކުގެ ތާވަލް : 3 ރަމަޟާން 1432

ރަމަޟާން މަހު އަސްރު ނަމާދަށް ފަހު އިސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސްތަކުގެ ތާވަލް : 3 ރަމަޟާން 1432

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން 3 ރަމަޟާން 1432 (3 އޯގަސްޓް 2011) ދުވަހުގެ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.

މިގޮތުން ދަރުސްތަކުގެ ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

ހުޅުމާލޭގައި ހުންނަ މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ ފިޔަވައި އެހެން މިސްކިތްތަކުގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ މައުޟޫއަކަށް ކަނޑައެޅިފައި ވަނީ "ފިކުރީ އޮއިވަރުތަކުން ޒުވާނުން ހޭއަރާ ތިބުމުގެ މުހިންމުކަން" މިއެވެ. އަދި މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ ގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ މައުޟޫއަކަށް ކަނޑައެޅިފައި ވަނީ "ރޯދަ އާއި އޭގެ ޙުކުމްތައް" މިއެވެ.

މިދަރުސްތަކުގެ ތެރެއިން އިސްލާމީ މަރުކަޒްގައި ބާއްވާ ދަރުސްގެ ރެކޯޑިންގ މާދަމާގެ އަސްރު ނަމާދަށް ފަހު އެމްއެންބީސީ ވަން އިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މިތާވަލަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.