އަރަބިދުނިޔެ ޞޯމާލިޔާގައި ހާލުގައި ޖެހިފައިވާމީހުންނަށް އެހީ އެއްކުރުމުގެ ކެމްޕޭނެއް ފަލަސްތީނުގެޢަރަބި ޑޮކްޓަރުންގެ ޔުނިޔަންގެ ރިލީފް ކޮމެޓީ އަކުން ފަށައިފި

ޞޯމާލިޔާގައި ހާލުގައި ޖެހިފައިވާމީހުންނަށް އެހީ އެއްކުރުމުގެ ކެމްޕޭނެއް ފަލަސްތީނުގެޢަރަބި ޑޮކްޓަރުންގެ ޔުނިޔަންގެ ރިލީފް ކޮމެޓީ އަކުން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޞޯމާލިޔާގައި ހާލުގައި ޖެހިފައިވާމީހުންނަށް އެހީ އެއްކުރުމުގެ   ކެމްޕޭނެއް   ޢަރަބި ޑޮކްޓަރުންގެ ޔުނިޔަންގެ ރިލީފް ކޮމެޓީ އެންޑް އެމެޖެންސީގެ  ފަލަސްތީނު އޮފީހުން އިއްޔެ ފަށްޓައިފިކަމަށް ފަލަސްޠިނުގެ އިންފޮރމޭޝަން ސެންޓަރ ޚަބަރުދެއެވެ.

އެއީ ވޭތުވި 60 އަހަރުންސުރެ އެޤައުމަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ކުރިމަތިވެފައިވާ ބަޑުހައި ހޫނުކަމުން ސޯމާލިޔާގެ ތުއްތު ކުދިން ސަލާމަތްކުރެވޭތޯބެލުންކަމަށް އެފަރާތުން ހާމަކުރެއެވެ. ރިލީފްކޮމެޓީ އެންޑް އެމެޖެންސީގެ ފަލަސްތީނު އޮފީހުގެ ކޯޑިނޭޓަރ ޑޮކްޓަރ ޢަބްދުއްރަޙުމާން އަލްޙައްދާދު ވިދާޅުވީ މިއީ މުޙާޞަރާ ކުރެވިފައިވާ ޣައްޒާގެ ރައްޔިތުންނާއި ޞޯމާލިޔާގެ ރައްޔިތުން ފިޒިކަލްގޮތުން ގުޅިލާމެހިފާވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމާއި އަދި ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ޙާލަތެއްގައިވެސް ޞޯމާލިޔާގެ ރައްޔިތުންނާ އެހީތެރިކަން ފޯރުކޮށްދީ އެބައިމީހުންނާއެކުގައި ޤާއިމުވެ ހުރުމުގެ ކުޅަދާނަކަށް ފަލަސްޠީނަށް ލިބިގެންވާޚަން ހާމަކޮށްދޭކަމެއްކަމަށް. އަދި ޣައްޒާގެ މީހުންނާ ކުރިމަތިވެފައިވާ ކަންތަކާއެކުވެސް ނިކަމެތި މުސްލިމުން ޙާލަތުގެ އިޙުސާސް ވާކަމަށާއި، މުސްލިމުން ގިލަންވެރިކަމުގެ އިޙުސާސް ނުވާ މުސްލިމުންނަކީ ޙަޤީޤީ މުސްލިމުން ނޫންކަން ކަށަވަރުކޮށްދެއްވިއެވެ.

ޑޮކްޓަރ ހާމަކުރެއްވިގޮތުގައި ޤާއިރާއިން އެތައް ޤާފިލާއެއް މިހާރު ޞޯމާލިޔާއަށް ފުރުވާލެވިފައިވެއެވެ.

ޓެގް

ޢަރަބި ސޯމާލިއާ ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.