އެމެރިކާގެ 'ޓެނެސީ'އަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 5 މީހުން މަރުވެ ނަގޫ ރޯޅިއެއްގެ އިންޒާރުދީފިއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުން 12 ގަޑިއިރު މެދުނުކެނޑި ވެހުނު ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ގިނަ ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި އުޅެމުންދާކަމަށްވެއެވެ. އަދި ނަގޫ ރޯޅީގެ އިންޒާރުގެ ސަބަބުން ގިނަ ބަޔަކަށް ސިހުން ލިބިފައިވާ ކަމަށާއި ފެންބޮޑުވުމުގެ ކާރިސާގައި އުޅެނިކޮން އިތުރުކަމެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައި އެތައް ގަޑިއިރެއް ހޭދަކޮށްފައިވެއެވެ.
ފަހަކަށް އައިސް އެމެރިކާއަށް މިފަދަ ތޫފާންތަކާއި ބިންހެލުންތައް ދަނީ ވަރަށް ގިނައިން ކުރިމަތިވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...