ރާއްޖޭގެ ޚަބަރު ދިއިސްލާމް އާއި ރޭޑިއޯ އެޓޯލް ގުޅިގެން މި ރަމަޟާން މަހު ސުވާލު މުބާރާތެއް ބާއްވަނީ

ދިއިސްލާމް އާއި ރޭޑިއޯ އެޓޯލް ގުޅިގެން މި ރަމަޟާން މަހު ސުވާލު މުބާރާތެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ދިއިސްލާމް އޮންލައިން ނޫހާއި ރޭޑިއޯ އެޓޯލް ގުޅިގެން މިރަމަޟާން މަހު "ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432" ގެ ނަމުގައި ސުވާލު މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން ވިދާޅުވީ މި މުބާރާތުގައި ރޭޑިއޯ އެޓޯލް މެދުވެރިކޮށް މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އެއް ސުވާލު އެހުންތެރިންނަށް ހުށަހެޅޭނެ ކަމަށާއި އެދުވަހެއްގެ ސުވާލު ތަކުރާރުކޮށް ގެނެސްދެވޭނެ ކަމަށެވެ. މުބާރާތުގެ ބައިވެރިން އެދުވަހެއް ނިމުމުގެ ކުރިން ސުވާލުގެ ޖަވާބު އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ޖެހޭނެއެވެ. ސުވާލު ފޮނުވާއިރު އެސްއެމްއެސް ކުރަންޖެހޭ ގޮތް ކިޔާދެވޭނެއެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޖިލްބާބް އާއި ރާދަ ބުކް ޝޮޕުންނެވެ. މުބާރާތުގެ އެއް ވަނަ އަށް އިނާމުގެ ގޮތުގައި ޖިލްބާބުން ހުށަހަޅާ ޕެން ޤުރުއާނަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ. ދެވަނަ އަށް ރާދަ ބުކްޝޮޕުން ހުށަހަޅާ 750 ރުފިޔާގެ ވައުޗަރ އަކާއި ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ. އަދި ތިން ވަނަ އަށް ދިއިސްލާމް މަޖައްލާގެ 6 މަސްދުވަހުގެ ޢަދަދު ހިލޭ ދެވޭނެއެވެ.

މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުން އޮންނާނީ ޢީދު ދުވަހު ރޭޑިއޯ އެޓޯލް އިން ގެނެސްދެވޭ ޚާއްޞަ ޕްރޮގްރާމެއްގައެވެ. އެއްވަނަ ދެވަނަ އަދި ތިންވަނަ އަށް އެއްފަރާތަކަށް ވުރެ ގިނަ ފަރާތެއް ގޮސްފިނަމަ ވަނަ ހޮވަން ހަމަޖެހިފައި ވަނީ ގުރުއަތުންނެވެ.

ޓެގް

ދިއިސްލާމް ސުވާލު މުބާރާތް ރޭޑިއޯ އެޓޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.