ދުނިޔެ ސޯމާލިޔާގައި 16 ކުޑަކުދިން ކާން ނުލިބި ގިނަ ދުވަސް ވެގެން މަރުވެއްޖެ!

ސޯމާލިޔާގައި 16 ކުޑަކުދިން ކާން ނުލިބި ގިނަ ދުވަސް ވެގެން މަރުވެއްޖެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ މުނާ

އެފްރިކާ ބައްރުގައި ވާ ސޮމާލިޔާގައި ކާންނުލިބިގެންނާއި ބަލިތަށް ފެތުރެމުން ދާތީ 16 ކުޑަކުދިން މަރުވައްޖެއެވެ.

ކާންނެ އެއްޗެއް ނުލިބިގެންނާއި ސާފުފެން ނުލިބުމުގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދިންގެ އަދަދު ދުވަހުން ދުވަހަށް ދަނީ މައްޗަށެވެ. އެހީ ދޭ ފަރާތް ތަކުން ބުނާ ގޮތުގައި ކުރިޔަށް އޮތް 4 މަސް ދުވަހުގެ ތެރޭ މީހުން މަރުވާ ރޭޓު މަތިވާނެކަމަށް ބެލެވެއެވެ. ސަބަބަކީ އެމީހުންނަށް ރަގަޅު ސިއްޙީ ފަރުވާ ނުލިބުން ކަމުގައެވެ.

މިއަދު ހިގާ ދިޔަމި ހާދިސާއަށް ފަހު އ.ދ ލުން ވަނީ މި ކަމަށް ޙައްލެއް ހޯދަމުން ދާކަމުގައި ބުނެފައެވެ. އަދި މިހާރު ޢަރަބި ޤައުމުތަކުންނާއި ޔުނިސެފުން ވަނީ ކާނާޔާއި ބޭސް އަދި ސިއްޙީ ފަރުވާދޭ ފަރާތް ތަށް ފޮނުވާފަކަމަށެވެ. މިހާރު ސޯމާލިޔާގެ ވެރިރަށް މޮގައިދިޝު އަށް ފޯރާނެކަމަށާއި ވަރަށް އަވަހަށް ކާނާގެ ބާވަތް ތަށް ބަހަން ފަށާނެކަމަށެވެ.

އ.ދ އިންވަނީ " ވަރަށް އަވަހަށް އެހީގެ ފަންޑު ހޯދުމުގެ މަސައްކަތް ފަށާނެކަމަށައި 12 މިލިޔަން މީހުންގެ އާބާދީއަށް  1.5 ބިލިޔަން ޑޮލަރު ބޭނުން ވާނެކަމަށެވެ. މިކަމަކީ ބައެއްގެ ދިރުހުރުމާއި މާރާއި ގުޅިފައި ވާކަމެއް ކަމުން ވީހާވެސް އަވަހަށް ޙައްލު ހޯދަން ޖެހޭ" ކަމަށެވެ.

ސޯމާލިޔާގެ އެތަށް ހާސް ރައްޔިތުން ތަކެއްވަނީ ހާލުގެ ޖެހުމުގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށް ދަތުރުކޮށްފައެވެ. އެގެތެރެއިން ކެންޔާގެ ރެފުޖީ ކޭންޕު ހިމެނެއެވެ. މިހާރުވެސް މިކޭންޕުގައި 440،000 ރެފުޖީން ވެއެވެ. މިކަމާ އ. ދ އިން ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. އަދި މިފަދަ ބޮޑު ކޭންޕަކަށް ކާއެއްޗެހި ފޯރު ކޮށްދެވުމަށް ނުކުޅެދުންތެރިވެފައެވެ.

އ. ދ އިން ބުނާ ގޮތުގައި " ވޭތުވެދިޔަ 60 އަހަރަށް ވުރެއް ބޮޑަށް އެފްރިކާ ބައްރުގެ މިމީހުން ހާލުގައި ޖެހިފައިވާކަމަށެވެ.  މިއީ މުޅި ދުނިޔެއިން ވެސް އެންމެ ފަޤީރު ކަން ތަޙައްމަލު ކުރާ އެއްޤައުމެވެ.

ޓެގް

ސޯމާލިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.