ރާއްޖޭގެ ޚަބަރު ރަމްޟާންމަހު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަށް ރައީސްލްޖުމުހޫރިއްޔާ ގޮވާލައްވައިފި

ރަމްޟާންމަހު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަށް ރައީސްލްޖުމުހޫރިއްޔާ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ރަމްޟާންމަހުގައި ވީހާވެސް ގިނަ ހެޔޮކަންތަކެއް ކުރުމާއި، އެކަކު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަށް ރައީސްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސްލްޖުމުހޫރިއްޔާ  މިއަދު ދެއްވި 108 ވަނަ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންނަށް ކުރިމަތީގައިމިވާ މަހުގައި ވީހާވެސް ގިނަ ހެޔޮކަންތަކެއް ކުރުމާއި، އެކަކު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި އަޅުގަނޑުމެން އެންމެންނަކީ ހުރިހާ ރޯދަމަހެއްގައިވެސް، އެމަހަށް އަބަދުވެސް އުންމީދުކުރާ އަދި ރޯދައިގެ އުފާވެރިކަންވެސް، ރޯދައިގެ އަޅުކަންވެސް، އަޅުގަނޑުމެން ލިބިގަންނަން ބޭނުންވާ، އެކަން ކުރަން ބޭނުންވާ ބައެއްކަމަށް" ރައީސްލުޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްލްޖުމުހޫރިއްޔާ ވިދާޅުވީ "ރޯދަމަސް އަޅުގަނޑުމެންނަށް ކިތަންމެ ސަބަބަކާއެކު މުހިންމުވެގެންދާ ކަމަށާއި ރޯދައަކީ ބަދުރު ހަނގުރާމައިގެވެސް މަސް، މައްކާ ފަތަޙަކުރެވުނުވެސް މަސް. އަދި ވަކިން ޚާއްޞަކޮށް ރޯދައަކީ، ޤުރްއާންވެސް ބާވައިލައްވަން ފެށުނު މަސް" ކަމަށް ރައީސްލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ އެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި އަޅުގަނޑުމެންގެ ކަންކަން ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް އަޅުގަނޑުމެންނަށް އަހަރަކުން މިލިބެނީ މިފަދަ އެއްމަސް މިލިބޭއިރު މިމަހުގެ ފުރިހަމަ ބޭނުންކުރުމަކީ ހަމަކަށަވަރުންވެސް ބުއްދިވެރިކަމެއް" ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

ރޭޑިއޯ ޚިޠާބު ނިންމާލައްވަމުން އިތުރަށް އެމަނިކުފާނު ވިދާޅުވީ "އެހެން މަސްތަކަށްވުރެ ރޯދަމަހުގައި އަޅުގަނޑުމެން އެންމެންގެވެސް ވަރުބަލިކަން ބޮޑުވާނެ މަހެއްކަމަށާއި އަދި ހައިހޫނު ކަމުގައި ތިބުމުން ބައެއް ފަހަރަށް ރުޅިވެސް ގަދަވެދޭ އެހެންނަމަވެސް، ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން އަޅުގަނޑުމެންނަށް ލިބިގަތުން އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ އަޅުގަނޑުމެން މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އަޅުގަނޑުމެން އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއް"ކަމަށެވެ.

ޓެގް

ނަޝީދު ރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.