އަރަބިދުނިޔެ

ލިބިޔާގެ ސިޔާސީ މިލިޓަރީ ޗީފް މަރާލައިފި.

ލިޔުނީ: އައިޝާ މުނާ

ލިބިޔާގެ ޓީ އެން ސީ ޖަމާޢަތުގެ ކޮމާންޑަރ އިން ޗާފް އަބްދުލް ފައްތާހު ޔޫނުސް ގަޔަށް ބަޑި ޖަހާމަރާލައިފިއެވެ.

މިދިޔަ ބުރާސްފަތި ބެންޤާޒީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓީ އެން ސީ ގެ ޗީފް މުސްތަފާ އަބުދުލް ޖަލީލު ވަނީ އަބްދުލް ފައްތާހު ޔޫނުސް މަރުވިކަން ކަށަވަރު ކޮށްދީފައެވެ. އަދި އިތުރަށް އެނާ ބުނީ " އެނާ މަރަލާލުމުގައި ބައިވެރިވީ މީހުންގެ ތެރެއިން އެންމެ އިސްމީހާ ހައްޔަރު ކުރެވިފައި ވާކަމަށެވެ."

ގައްޒާފީ ވަނީ  އަބްދުލް ފައްތާހު ޔޫނުސް އިންޓީރިޔަރ މިނިސްޓަރުގެ މާޤާމްގައި ހުއްނެވިއިރު އެމާޤާމް އަދާ ކުރުމުގެ ޤާބިލްކަން ނެތް ކަމުގައި ބުނެ ވަކި ކޮށްފައެވެ. ނަމަވެސް ލިބިޔާގެ އޮފިޝަލުން ބުނާ ގޮތުގައި ޔޫނުސްއާއި އެނާ ދެބައިވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގައްޒާފީއާއި ގުޅުން ބާއްވާ ކަމަށް ބުނެ ހައްޔަރު ކުރެވިފައެވެ.

ސެކިޔުރިޓީ އޮފިޝަލް އަބުދުލު ޖަލީލް ބުނިގޮތުގައި " ޔޫނުސް އާއި އެނާގެ ދެބައިވެރިން މަރާލެވިފައި ވަނީ މިލިޓަރީ ކަމެއްގައި ސުވާލު ކުރުމަށް ޓަކައި ގެނެވެނިކޮށް ކަމަށެވެ." ޔޫނުސް ވަނީ މިދިޔަ އެޕުރީލް މަހު ގައި ނޭޓޯއިން އެޤައުމުގައި ހިންގާ ޖަރީމާތަކުގައި ކުށެއް ނެތް ޢާއްމު ރައްޔެތުން މަރުވާތީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *