އޭޝިއާ ސިނގިރޭޓް ފޮށީގެ ބޭރުގައި ލޯގޯ ޖެހުން މަނާކުރުމަށް އޮސްޓްރޭލިޔާއިން އަތުކުރި އޮޅާލައިފި

ސިނގިރޭޓް ފޮށީގެ ބޭރުގައި ލޯގޯ ޖެހުން މަނާކުރުމަށް އޮސްޓްރޭލިޔާއިން އަތުކުރި އޮޅާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިނގިރޭޓް ފޮށީގެ ބޭރުގައި ލޯގޯ ޖެހުން މަނާކުރުމަށް އޮސްޓްރޭލިޔާއިން އަތުކުރި އޮޅާލައިފިއެވެ.

އޮސްޓްރޭލިޔާގެ ޕްރައިމް މިނިސްޓަރ ކެވިން ރަޑިސްގެ އޮފީހުން ސިނގިރޭޓައި ދެކޮލަށް ކުރާ ކެމްބޭނުގެ ދަށުން ހާމަކޮށްފައިވަނީ ޖުލައި 2012 ގެ ފަހުން ސިނގިރޭޓް ފޮށި ވިއްކޭނީ އެއްވެސް މަންޒަރެއް ނުޖަހާ އަދި އޭގެ ބޭރުގައި ސިނގިރޭޓުގެ ނުރައްކާ ހާމަ ކުރާ ލިޔުމެއް ލިޔެގެން ކަމަށެވެ.

މި ގޮތަށް ޕްރައިމް މިނިސްޓަރ ބުނެފައިވާގޮތުގައި ސިނގިރޭޓް އުފައްދާ  ބޮޑެތިކުންފުނި ތަކުން ދަނީ މިކަމާއި އިދިކޮޅަށް ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށާއި ނަމަވެސް ޕްރައިމް މިނިސްޓަރ ވިދާޅުވީ އެބޭފުޅުންނާއި އިދިކޮޅަށް ރީތި ގޮތުގައި ކުރާ ހަޅުތާލަކަށް އެއްވެސް ވަރަކަށް ބިރު ނުދައްކާނެ ކަމަށެވެ. ސިނގިރޭޓް ވިއްކާ ކުންފުނިތަކުންދަނީ ވިޔާފާރި ތަކަށް ވީހާވެސް ގެއްލުން ނުވާނެ ގޮތަކަށް ގާނޫނީގޮތުން ކުރެވެން ހުރިކަންތައްތައް ބަލަމުންނެވެ.  މި ގާނޫނުގެ ސަބަބުން ސިނގިރޭޓުގެ ވިޔާފާރި ތަކަށް ވެދާނެ ގެއްލުމަކާއި މެދު ދަނީ ހާސްކަން އިތުރުވަމުންނެވެ.

އޮސްޓްރޭލިޔާގެ ހެލްތު މިނިސްޓަރ މސ. ނިކޯލާ ރޮޒޮން ބުނެފައިވަނީ މި ގަވައިދު ހެދޭނީ ސިނގިރޭޓް ވިއްކާ ކުންފިނިތަކުގެ ހިޔާލްތަކަށް ބަލާފައި ވަރަށް ފަރުވާތެރިކަމާއި އެކު ކަމަށެވެ.

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.