ދުނިޔެ މިސްރުގެ މުޒާހަރާގެ ބައިވެރިން އަސްކަރީ ވެރިކަން ނިމުމަކަށް ގެނެއުމަށް ގޮވާލައިފި.

މިސްރުގެ މުޒާހަރާގެ ބައިވެރިން އަސްކަރީ ވެރިކަން ނިމުމަކަށް ގެނެއުމަށް ގޮވާލައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިސްރުގައި މިހާރު ކުރިޔަށް ދާ މުޒާހަރާ ތަކުގައި މިސްރުގައި އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނެއުމަށް ގޮވާލައިފިއެވެ.

ކެއިރޯގެ ލިބެރޭޝަން ސްކެއަރ ގެ މަގުތަކުގައި މުޒާހަރާ ކުރަމުން ދާ އެތަށް ހާސް މީހުންނެއް ވަނީ މިލިޓަރީ ކައުންސިލުގެ ބާރު ނިމުމަކަށް ގެނެއުމަށް ގޮވާލައިފައެވެ. މީގެ އިތުރުން އިންތިޚާބެއް ބާއްވާ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ސަރުކާރެއް އެކުލަވާލުމަށް ގޮވާލައިފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޓެންޓް ޖަހައިގެން މުޒާހަރާކުރަމުންނެވެ. މުބާރަކްގެ ސަރުކާރުގެ އޮޮފިސަލުން މަގާމުތަކުން ދުރުކޮށް އަދުލް އިންސާފުގެ ކުރިމަށްޗަށް ގެނެސް އިންސާފު ގާއިމު ކުރުމަށް މިލިޓިރީ ކައުންސިލަށް އެތަށް ހާސް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ.

މިސްރުގައި ހިނގަމުންދާ މުޒާހަރާތަށް އުތުރިއަރަމުންދަނީ އަސްކަރިއްޔާއަށް މުބާރަކް ސަރުކާރުގެ އޮފިސަލުން އަދުލް އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވާތީކަމަށް ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.

މި އަހަރު ފެބްރުއަރީ މަހު 11 ގައި މިސްރުގެ ނައިބް ރައީސް އުމަރު ސުލެއިމާން ވަނީ މުބާރަކް ރައީސް ކަމުގެ މަގާމުން އިސްތިއުފާދީފައިވާ ކަަމަށާއި އަސްކަރިއްޔާގެ ސްޕްރީމް ކައުންސިލަށް ވެރިކަމުގެ ބާރު ދީފަައިވާކަމަށް އިއުލާންކޮށްފައެވެ..

ޓެގް

ރައްޔިތުން މުބާރަކް މިސްރު މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.