ރާއްޖޭގެ ޚަބަރު ޑރ. ޒާކިރު ނައިކު ރާއްޖެ ވަޑައިގަންނަވާއިރު، އިސްލާމިކު މިނިސްޓްރީގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންއެބަދޭ

ޑރ. ޒާކިރު ނައިކު ރާއްޖެ ވަޑައިގަންނަވާއިރު، އިސްލާމިކު މިނިސްޓްރީގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންއެބަދޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބް

ޒާކިރު ނައިކު ދަރުސް ބާއްވަނީ މާލޭ ކުޅިވަރު އެކުވެނީގައި –

އަންހެންބޭފުޅުންނަށް ޚާއްސަކޮށްގެން، ޑރ. ޒާކިރުނައިކުގެ އަނބިކަނބަލުންގެ ލެކުޗަރއެއް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައ. –

މޭ 25 ގައި ޑރ. ޒާކިރުނައިކު ރާއްޖެވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިހާރު ވަނީ ޕުލޭނިންގ ސްޓޭޖު ނިމި ޢަމާލީ މަސައްކަތް ފަށައިގަންނަށް ތައްޔާރުވެފައި ކަމަށް އިސްލާމިކު މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިސްލާމިކު މިނިސްޓްރީއިން މިހެން ހާމަކޮށްފައިވަނީ، އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ދިއިސްލާމްއަށް ދެއްވި ބަސްތީގާތުމެއްގައެވެ. އަހްމަދުﷲ ވިދާޅުވީ މިހާރު ޕުލޭނިންގް ސްޓޭޖު ނިމިފައިވާ ކަމަށާއި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. ޒާކިރު ނައިކުގެ މިއިވެންޓް ބާއްވަނީ، މާލޭކުޅިވަރު އެކުވެނީގެ 2 ނަންބަރާއި 3 ނަންބަރު ދަނޑު ދެެމެދުގައި އޮންނަތަނުގައި ކަމަށާއި، މިތަނަކީ ކުޅިވަރު ކުޅޭތަނަކަށް ވުމުން، ސްޓޭޖުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލަން ޖެހޭކަމަށެވެ.

މިކަމުގައި ޢާއްމު ފަރާތްތަކުން އެއްބާރު ލިބެމުންދާ ކަމަށާއި އިއްޔެރޭގައި، މަދަނީ ޖަމްޢިއްޔާތަކާއެކު، އިސްލާމިކު މިނިސްޓްރީގައި، ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، މިކަމުގައި އެޖަމްޢިއްޔާތަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ.

އަޙްމަދުﷲ އިތުރަށް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، އަންހެންބޭފުޅުންނަށް ޚާއްސަކޮށްގެން، ޑރ. ޒާކިރުނައިކުގެ އަނބިކަނބަލުންގެ ލެކުޗަރއެއް ހަމަޖެހިފައިވާ ކަމަށް، ވިދާޅުވިއެވެ. ޒާކިރުނައިކުގެ މިއިވެންޓް އިސްތިހާރު ކުރުމަށް ކުރައްވަމުން ގެންދަވަނީ ކޮންމަސައްކަތެއްތޯ އެއްސެވުމުން އަޙްމަދުﷲ ވިދާޅުވީ އެމް.ބީ.ސީއާއިއެކު އެއްބަސްވުމެއް ވެވިފައިވާ ކަމަށާއި، މިއެއްބަސްވުމުގެ ދަށުން ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް އިސްތހާރުކުރެވޭނެކަމަށާއި އަދި ޢާއްމުންނަށް ޕޯސްޓަރުތައް ބެހުމާއި، ޕޯސްޓަރުތައް ތަންތާންގައި ތަތްކުރެވޭނެކަމަށާއި އަދި ބެނަރތައްވެސް ހަރުކުރެވިގެން ދާނެކަމަށް އަހްމަދުﷲ ވިދާޅުވިއެވެ.

ޒާކިރު ނައިކުގެ މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު ދަޢުލަތުގެ އެހެން މުއައްސަސާތަކުން، މިކަމަށް ސަމާލުކަން ނުދޭކަން ފާހަނގަކޮށްލެވެއެވެ. ނަމަވެސް ބޯނިއަމް ޝޯފަދަ ޝޯތައް ބޭވުމަށް ދިވެހި ދައުލަތުގެ މުއައްސަސާތަކުން ބޮޑެތި ޚަރަދުތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.