ޔަހޫދީން ރާއްޖެ ގެނައުމާ ދެކޮޅަށް ގެންދާ ކެންޕޭނުގައި ހުރިހާ ދިވެހިން ބައިވެރިވުމަށް ގޮވާލަން- ޖޯޖް ގެލޮވޭ

ލިޔުނީ: އަލީ އަހްސަން

ޔަހޫދީންނަށް ރާއްޖެ ހުޅުވާލުމާ ދެކޮޅަށް ކުރަމުން ދާ ކެމްޕޭނުގައި އެންމެހާ ދިވެހިން ބައިވެރިވުމަށް އިނގިރޭސް ވިލާތުގެ ޕާލަމެންޓް މެންބަރ (1987-2010) ޖޯޖް ގެލޮވޭ ގޮވާލައިފިއެވެ.

ޖޯޖް ގެލޮވޭ މިފަދައިން ގޮވާލާފައިވަނީ،  އަދާލަތު ޕާޓީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ރޭ ބޭއްވި ޙަފްލާގައި އާންމު ކުރި ވީޑިއޯއެއްގައެވެ. ޖޯޖް ގެލޮވޭ ހާމަކުރެއްވި ގޮތުގައި، މުޅި އަރަބި ކަރައިން ޔާހޫދީންގެ ބާރު ކެނޑި، އެ ޤައުމުތަކާ އެކު އޮތް ގުޅުން ނިމުމަކަށް އަންނަމުން ދާ މި ފަދަ ދަނޑިވަޅެއްގައި ދިވެހި ރާއްޖޭން އިޒްރޭލާއެކު  ގުޅުންތައް ބަދަހި ކުރަމުން ދާތަން ފެނުމަކީ ހައިރާންވާކަމެކެވެ. އަދި އިޒްރޭލުގެ ޤައުމީ އެއާލައިން އެލް އެލް ((EL AL އަށް ރާއްޖެއަށް ދަތުރުކުރުމަށް ހުއްދަ ދޭން އުޅުމަކީ މޮސާދުގެ އަތް ރާއްޖެއަށް ބޭނުމަށް ހުޅުވިގެން ދާނެ ރަނުގެ ފުރުޞަތެއްކަމަށެވެ.

ޖޯޖް ގެލޮވޭއަކީ، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، 2003 ވަނަ އަހަރު އެމެރިކާއިން ފެށި އިރާޤް ހަނގުރާމަޔާ ދެކޮޅަށް އަޑު އުފުއްލަވާ ފާޅުކަންބޮޑު ގޮތެއްގައި އެމެރިކާ އަށް ފާޑުވިދާޅުވެލެއްވި، އަދި މިހާރުވެސް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ވީޑިއޯ : ޖޯޖް ގެލޮވޭ ރާއްޖޭގެ ރައްޔިތުންނަށް ކުރެއްވި އިލްތިމާސް (ދިވެހި ތަރުޖަމާ)

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.