ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ ޚާއްޞަ ދަރުސެއް މިރޭ ތ.ވިލުފުށީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އެރަށު މިސްކިތުގައެވެ. މިދަރުސް އިންތިޒާމް ކުރަނީ އެރަށު ކައުންސިލާއި، ސްކޫލާއި އަދި ރަށުގެ ޒުވާނުންގެ ޖަމްޢިއްޔާ ގުޅިގެންނެވެ.
ޝައިޚް ޝަމީމް މިހާރު ތ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑިފުށީގައި އަދި ދިޔަމިގިލީގައި ވަނީ ދަރުސް ދެއްވާފައެވެ. އަދި ވިލުފުށީ ސްކޫލްގެ ދަރިވަރުންނަށް ނަޞީހަތް ދިނުމުގެ އިތުރުން އެސްކޫލްގެ ދެ ކްލާހެއްގެ ދެ ސެޝަނެއް ވެސް ނަންގަވާ ދެއްވާފައިވެއެވެ.
ރޭ ޝައިޚް ޝަމީމް ވަނީ ވިލުފުށީ ސްކޫލްގެ "ދުރޫސުލް އަޚްލާޤް" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާ "ދަރިން ތަރުބިއްޔަތު ކުރުން" މިމައުޟޫއަށް ދަރުސް ދެއްވާފައެވެ. އަދި ވިލުފުށީ ކައުންސިލަރުންނާއި އެރަށު ސްކޫލްގެ ޕްރިންސިޕަލް އާއި ވެސް ޝައިޚް ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...