ރާއްޖޭގެ ޚަބަރު އަމާނާ ތަކާފުލް އިސްލާމިކް އިންޝުރެންސް ކުންފުނީގެ ޝަރީޢާ ބޯރޑް މެންބަރަކަށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖައްސަވައިފި

އަމާނާ ތަކާފުލް އިސްލާމިކް އިންޝުރެންސް ކުންފުނީގެ ޝަރީޢާ ބޯރޑް މެންބަރަކަށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބް

އަމާނާ ތަކާފުލް އިސްލާމިކް އިންޝިއުރެންސް ކުންފުނީގޭ ޝަރީޢާ ބޮރޑު މެންބަރަކަށް، އިސްލާމިކު އިކޮނަމީއިން ޕީ.އެޗް.ޑީ ހައްދަވަމުންގެންދަވާ، ދިވެހިރާއްޖޭގެ ފިޤުހް އެކަޑަމީގެ މެންބަރ އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސަޢިދު ހަމަޖައްސަވައިފިއެވެ.

ބައިނަލްއަޤުވާމީ އިންޝިއުރެންސް ކުންފުނިން ދިވެހިރާއްޖޭގައި، އިންޝިއުރެންސް ކުރުމުގެ ޙުއްދަ ލިބުމަށްފަހު، އެކުންފުނީގެ ޝަރީއާ ބޯޑު އެކުލަވައިލައި، އެބޯޑުގެ މެންބަރުންގެ ގޮތުގައި ހަމަޖައްސަވައިފައިވަނީ ބޭރުގެ އިޤުތިޞޯދީ ޢީލުމުވެރިންނާއިއެކު، ދިވެހިރާއްޖެއިން އެންމެ މެންބަރެކެވެ. އަމާނާ ތަކާފުލް އިންޝިއުރެންސް ގުރޫޕް ނިސްބަތްވާ އަމާނާ އިންވެސްމަންޓްއިން ރާއްޖޭގައި އިސްލާމީކު ބޭންކުގެ ޚިދުމަތް ދިނުމުގެ ޙުއްދަ ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް، އެކުންފުނިން ހާމަކުރެއެވެ.

އެއްގަމު އުޅަނދު އިންޝިއުރެންސް ކުރާ، ވާހަކަ ދެކެވޭ ދުވަސްވަރެއްގައި، މިފުރުސަތަކީ އިސްލާމީ ހަމަތަކުގެ މަތިން އިންޝިއުރެންސް ކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ. މިކަމުގެ ހެޔޮ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިދާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ. އެހެނީ ﷲ އަންގެވި ގޮތަށް، ކުރެވޭ ކޮންމެ ކަމެއްގައި، އެކަމުގެ ހެޔޮ ނަތީޖާ ފެނިގެންދާނެއެވެ.

ޓެގް

ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.