އަލްމަނާސިކް ގްރޫޕުން ޢުމްރާގެ އަޅުކަމާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ޖަލްސާ އެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެގްރޫޕްގެ ފަރާތުން ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިރޭ 20:30 ގައި އިސްކަންދަރު ސްކޫލްގެ ހޯލްގައި އޮންނަ މިޖަލްސާގައި ދަރުސް ދެއްވާނީ އައްޝައިޚް ޙަސަން މޫސާ ފިކުރީ އާއި، އައްޝައިޚް ޢަލީ ޝަރީފް އާއި، އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން އެވެ. މިޖަލްސާގައި ޢުމްރާ ކުރާނެ ގޮތް ޢަމަލީ ގޮތުން ދައްކާ ދިނުން ވެސް އޮންނާނެ ކަމަށް އެގްރޫޕުން ހާމަކުރެއެވެ.
ޢާއްމުކޮށް ހުޅުވާލެވިފައިވާ މިޖަލްސާ އަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އެ ގްރޫޕުން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...