ދުނިޔެ އަދިވެސް ހަނގުރާމަ ކުރިޔަށް ގެންދާނަން- ގައްޒާފީ

އަދިވެސް ހަނގުރާމަ ކުރިޔަށް ގެންދާނަން- ގައްޒާފީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ނޭޓޯ އަދި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް  ހަނގުރާމަ އަދިވެސް ކުރިޔަށް ގެންދާނެކަމަށް ލީބިޔާގެ ރައީސް މުއައްމަރުލް ގައްޒާފީ ހާމަކޮށްފިއެވެ.

މީގެ އިތުރުން އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތައް ގައްޒާފީއާ އެއްކޮޅު އަދި އޭނާއަށް ވާގިވެރިވާ ހަނގުރާމަވެރިންގެ އަތް ދަށަށް ގެންނާނެކަމަށްވެސް ގައްޒާފީ ވަނީ ހާމަކޮށްފައެވެ.

ވެރިރަށް ޓްރިޕޮލީގައި ވާހަކަ ދަައްކަމުން ގައްޒާފީ ބުނެފައިވަނީ އަދިވެސް އޭނާއާ އެކީ ހަނގުރާމަ ކޮށް އެމީހުންގެ އިއްޒަތާއި ތެލުގެ މުއްސަނދިކަން ހިމާޔަތް ކުރުމަށް އެތަށް މިލިއަން ބަޔަކު ތިބިކަމަށެވެ. މިހެން ގައްޒާފީ ބުނެފައިވާއިރު ވައިޓް ހައުސްގެ ސްޕޯކްސްމެން ބުނެފައިވަނީ ގިނަ ބަޔަކު ގައްޒާފީއާ ދެކޮޅުވަމުން އަންނަކަމަށެވެ.

ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ޒަމާންވީ ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އަދި މިހާރު  މި ހަމަނުޖެހުންތައް ވަނީ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ޓެގް

ގައްޒާފީ ހަނގުރާމަ ނޭޓޯ ލީބިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.