ރާއްޖޭގެ ޚަބަރު ޙިރާ ޕްރީސްކޫލްގެ ސްޕޯޓްސްމީޓް ބާއްވައިފި

ޙިރާ ޕްރީސްކޫލްގެ ސްޕޯޓްސްމީޓް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

16 ޖުލައި 2011 ގައި ޙިރާ ޕްރީ ސްކޫލްގެ ހައުސްތަކުގެ މެދުގައި ސްޕޯރޓްސް މީޓް ބާއްވައިފިއެވެ. ހިތަދޫ ރަސްމީ ދަޑުގައި ބޭއްވި މި ޙަރަކާތުގައި ބައިވެރިވީ 121 ދަރިވަރުންނެވެ.

ސްޕޯރޓްސް މީޓް ބޭއްވުނީ ދެދަންފަޅި އަކަށް ބަހާލައިގެންނެވެ.ޔޫކޭޖީ އަދި އެލްކޭޖީގެ ދަރިވަރުން ބައިވެރިވި ފުރަތަމަ ދަންފަޅި ކުރިއަށް ގެންދެވުނީ 1:15 އިން 3:15 އަށެވެ. ދެވަނަ ދަންފަޅި އޮތީ 4:00 އިން 6:00 އަށެވެ. މި ދަންފަޅީގައި ބައިވެރިވީ ނާސަރީގެ ދަރިވަރުންނާއި ބޭބީ ނާސަރީގެ ދަރިވަރުންނެވެ.

ހަތަރު ހައުސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޙަރަކާތަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކުރެވެއެވެ. ސްޕޯރޓްސް މީޓް ބޭއްވުމަށް ރަސްމީ ދަޑު ތައްޔާރު ކުރެވުނީ ބެލެނިވެރިންނާއި ސްކޫލުގެ މުދައްރިސުން ގުޅިގެންނެވެ.

މިސްޕޯރޓްސް މީޓްގައި ވަރަށް ގިނަ ތަފާތު ޙަރަކާތްތައް ހިމެނިގެން ގޮސްފައިވެއެވެ. މި ޙަރަކާތްތަކަށް ދަރިވަރުން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ވާދަވެރި ރޫޙެއްގައި މި ސްޕޯރޓްސް މީޓް ކުރިއަށް ގެންދެވުނު އިރު އެތަން ބެލުމަށްޓަކައި ގިނަ ޢަދަދެއްގެ ޢާއްމުން ޙާޒިރުވީކަން ފާހަގަ ކުރެވިފައިވެއެވެ.

މި ޙަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ ސްޕޯޓްސްމީޓް ނިމުމާއެކު ހިތަދޫ ރަސްމީ ބޯޅަ ދަނޑުގައެވެ. ބައިވެރިވި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ޙަވާލު ކޮށްދެއްވީ ފަޟީލަތުއްޝައިޚް ޙަސަން ލަތީފް މޫސާ އާއި ދެކުނު ޕްރޮވިންސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އަޙްމަދު އަދުހަމެވެ.

ޙިރާ ޕްރީސްކޫލްގެ ވެބްސައިޓް

www.hirapreschool.org

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.