އެމެރިކާ

އޮބާމާގެ މަންމަ މަރުވިގޮތާ ބެހޭގޮތުން ދޮގުހަދާފައިވާކަމަށް ބުނެ އެމެރިކާގެ ލިޔުންތެރިޔަކު ފޮތެއްނެރެފި

ލިޔުނީ: އައިޝާ މުނާ

އެމެރިކާގެ ގިނަ ރައްޔިތުން ޤަބޫލުކުރާގޮތުގައި ބަރަކް އޮބާމާއަކީ ތެދު ހަދާ ބޭފުޅެއްނޫނެވެ. އެމެރިކާއިން ކުރާ ގިނަ ހަނގުރާމަތަށް ހުއްޓުވާނެކަމަށް ބުނެ އެކަން ވެސް ނުކޮށް އިތުރު ހަނގުރާމަތަކެއްފެށީ ކަމަށް އެމީހުން ބުނެއެވެ. އަދި އޭގެ އިތުރުން ގުއަންޓަނާމޯގެ ޖަލުތަށް އުވާލާނެކަމަށް ބުނެ އެކަން ވެސް ކޮށްފައި ނުވާކަމަށް އެމީހުން ބުނެއެވެ.

ކަންތައް މިހިސާބު ގައި އޮއްވާ އަނެއްކާވެސް އަޑުއިވިގެން މިދިޔާއީ އޮބާމާގެ މަންމަގެ މަރުވިގޮތާބެހޭގޮތުން ވެސް ދޮގު ހަދާފައިވާ ކަމަށެވެ. މަޝްހޫރު ނިޔުޔޯކު ޓައިމްސްގެ ލިޔުންތެރިޔާ ޖެނީ ސްކޮޓް ލިޔަފައިވާ  "އޮބާމާގެ މަންމަގެ ހަޔާތަށް ބަލާލުމެއް" ނަމުގައި ވާ ފޮތް ކިޔާލުމުން އޮބާމާ ދޮގު ހެދިކަން އެންމެނަށް އެގިއްޖެއެވެ. މިފޮތުގައި ލިޔުންތެރިޔާ ލިޔެފައި ވަނީ އޮބާމާ ބުނެފައިވާ ދޮގަކީ  "އޭނާގެ މަންމަ މަރުވީ ވަރަށް ގިނަދުވަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށް ފަހު"ކަމަށެވެ. ލިޔުންތެރިޔާ ބުނެފައިވަނީ އެހެން މީހުންގެ ހަމްދަރުދީ ހޯދުމުގެ ނިޢަތުގައި ދޮގު ހަދައިގެން ނުވާނެކަމަށެވެ.

ވެރިކަމަށް އަރަވަޑައިގަންނަވަން އުޅުއްވި އިރު ރައްޔިތުންނާއި މުޙާތަބުކޮށް ވާހަކަ ދައްކަވަމުން އޮބާމާ ބުނެފައިވަނީ އޭނާ އެންމެ އިސްކަމެއް ދޭނީ އެމެރިކާގެ ސިއްޙީކަންތައްތަށް ރަގަޅު ކުރެއްވުމަށްކަމަށާއި އޭނާގެ މަންމައަކީ ވެސް މުޅި ހަޔާތް ކެންސަރުބަލީގައި ވޭތުކޮށްފައި ވާ މީހެއްކަމަށެވެ. އަދި އިންޝުރެސް  ކޮންޕެނީތަކުން ވެސް މާބޮޑު އެހީ ތެރިކަމެއް އޭނާގެ މަންމައަށް ލިބިފައި ނުވާތީ އެނާ ހިތާމަކުރަށް ވާކަމަށެވެ.

" އަހަރެން އަދިވެސް ހަދާން އެބަހުރި އަހަރެންގެ މަންމަގެ ޙާޔާތުގެ އެންމެ ފަހު މަސް ވޭތުކުރިގޮތް، މަންމަ އަބަދުވެސް އަހަރެންނާއި ސުވާލުކުރޭ އިންޝުއުރެސް ކަންތަށް ދާގޮތް ނޭގޭތީ އަދިބުނޭ އަހަރެން ރަނގަޅު ވާނެހޭ އަހަރެންގެ ފަރުވާއަށް ފައިސާ ނުދެއްކިއްޖެޔާ އަހަރުމެން ބޭންކަށް ދަރާނެހޭ، މަންމަ އެއިރު އޮތީ މަންމަގެ ޙަޔާތުގެ އެންމެ ފަހު ދުވަސް ތަށް ގުނަގުނާ" މިއީ ބަރަކު އޮބާމާ 2007 އަހަރުގެ ކެންޕޭންތެރޭގައި ދެއްކި ވާހަކައެކެވެ.

ހަމަ އޭގެ މަސްތަކެއް ފަހު އިތުރަށް އޮބާމާ ހާމަކުރި ގޮތުގައި އޮބާމާގެ މަންމަ ހޮސްޕިޓަލުގެ ރޫމުގައި ގެން ގުޅުނު ފޯމުތަކެއް ފެނުނު ކަމަށާއި އޭގައި ވާނީ މަންމަގެ ބަލީގެ އެންމެ ފަހު ސްޓޭޖް ކަމުގައި ވާތީ އެހީ ވެވެން ނެއްކަމަށާއި އިތުރަށް ކުރަން ޖެހޭ ފަރުވާ އަމިއްލެއަށް ކުރުމަށްކަމަށް އޮބާމާ ބުނެފައިވެއެވެ.

ދެން އޮބާމާ ބުނެފައިވާ ދޮގަށް ބަލާލަމާހެވެ.

ސްކޮޓްގެ މި އާ ފޮތުގައި ވާގޮތުގެ މަތިން އޮބާމާގެ މަންމައަކީ އޭނާގެ މުޅި ޙަޔާތް އެކޮށް އިންޝުއުރެސް ކޮފައިވާ މީހެކެވެ. އޭން ޑަންހަމްއަކީ އޭނާގެ މުޅި އުމުރު ކެންސަރުގައި ވޭތުކޮށްފައި ވާ މީހެއްނޫނެވެ. އޭނާއަށް ޖެހުނީ އޯވަރީ ކެންސަރެވެ. މިވައްތަރުގެ ކެންސަރަކީ ރަގަނޅަށް ފަރުވާކުރުމުން ފަސޭހަވާ ބާވަތުގެ ކެންސަރެކެވެ. ސްކޮޓް އޭނާގެ ފޮތުގައި އޮބާމާގެ މަންމަ ޑަންހަމް އޭނާ ވަޒީފާ އަދާކުރި އޮފީހަށް ލިޔެފައިވަ ސިޓީއެވެސް ހިމަނައިފައިވެއެވެ. މިސިޓިގައި ވަނީ އޭނާއަށް ކެންސަރުޖެހިގެން ސާޖަރީ ހެދުމަށް ޓަކައި ރަށުން ބޭރަށް ދާންޖެހޭ ވާހަކައެވެ. ޖަވާބުގައި އެއޮފީހުން ބުނެފައިވަނީ އޭނާގެ ހެލްތު އިންޝިއުރެސް ހަދައިފައި ވާނެކަމަށާއި އެގެން ކުރިޔަށްގެން ދިޔުމަށެވެ. އެނާ އެވަގުތު ވަޒީފާ އަދާކުރަމުން ދިޔައީ ޖަކާޓާގެ އޮފީހެއްގަކަމަށާއި އެނާގެ ރަށް ހަވާއީއަށް އެބުރި އައިސް ބޭސްކުރުމުން އިންޝިއުރެސް ކޮމްޕެނީ ހުރިހާ ޙަރަދެއް ކޮށްދިންކަމަށާއި ހަމައެމަނި ނުކޮށް ދީ ހުރީ އޭނާ އަމިއްލަގޮތުން ކޮށްފައި ވާ ބައެއް ޙަރަދުތަށް ކަމަށް އެ ފޮތުގައިވެއެވެ. މި ސާޖަރީއަށް އެތަށްހާސް ޑޮލަރެއް ޙަރަދުވެފައި ވާކަމަށް ވެސް ލިޔެފައިވެއެވެ.

އޮބާމާ ތަފާތު އެކި އެކި މުނާސަބަތުގައި ވާހަކަދައްކަމުން އޮބާމާގެ މަންމައަށް އިންޝިއުރެސް ލިބިފައީ ނުވާކަމަށާއި އަދި މަންމަ މަރުވީ ކެންސަރު ބަލީގައި ކަމަށް ބުނެފައިވާއިރު ސްކޮޓް ލިޔެފައިވަ ފޮތުގައި ވަނީ އޮބާމާ މަންމަ މަރުވީ ކެންސަރު ބަލި ފަސޭހަވެފައި ވަނިކޮން ކަމަށެވެ.

"ޑަންހަމް މަރުވީ 1995 ވަނަ އަހަރު ބަލިވެ އުޅުމަށް ފަހުގައެވެ. ނަމަވެސް ކެންޕޭންތެރޭގައި އޮބާމާ ވިދާޅުވާހެން ކެންސަރު ބަލީގައެއް ނޫނެވެ." ސުވާލަކީ ތެދުހަދަނީ ސްކޮޓު ނުވަތަ އޮބާމާ ބާއެވެ. އެމެރިކާގެ ރައްޔެތުންނަށް އެއްދުވަހުން އަނެއްދުވަހަށް އޮބާމާ ގެ ފަތިފުށް މިދަނީ ފަޅާއަރަމުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހެހެ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަސޯބު އެނބުރޭތީތަ މިހާ އެއްގޮތް ގޮތެއް މިހުރީ ފްލެޓް ދޮންބެޔާ!!!

Your email address will not be published. Required fields are marked *