އަރަބިދުނިޔެ ފަލަސްޡީނު މިނިވަންކުރުމަށް ގޮވަމުން ގިނަ އަރަބިންނާއި އިސްރާއިލްގެ ރައްޔިތުންތަކެއް ހިގައިލުމެއްބާއްވައިފި

ފަލަސްޡީނު މިނިވަންކުރުމަށް ގޮވަމުން ގިނަ އަރަބިންނާއި އިސްރާއިލްގެ ރައްޔިތުންތަކެއް ހިގައިލުމެއްބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ މުނާ

މިދިޔަ ހުކުރު ދުވަހު ފަލަސްދީނު މިނިވަންކުރުމަށް ގޮވާލަމުން ގާތްގަނޑަކަށް 2000 އެއްހާ ފަލަސްތީން މީހުންނާއި އިސްރާއިލް މީހުން ޖެރޫސަލަމްގެ މަގުތަކުގައި ހިގައިލުމެއް ބާއްވަފިއެވެ. މިހިގާލުމުގައި ބައިވެރިން ގޮވަމުން ދިޔާއީ ފަލަސްޡީނުއަކީ ވެސް މިނިވަން ދައުލަތަކަށް ހަދަންޖެހޭނެކަމަށެވެ.

ސުލްހަވެރިކާމާއެކު ކުރިޔަށް ދިޔަ މިހިގާލުމުންގެ އިސްވެރިން ވަނީ ފެށުމުގެ ކުރިން ފުލުހުންނަށްވެސް އަންގާފަކަމަށާއި އެވެސް ހަމަނުޖެހުމެއް ހިގިޔަނުދޭނެ ކަމަށްވެސް ބުނެފައެވެ. އަދި ފުލުހުން އެއްބާރުލުން ދޭނެކަމަށް ބުނެވެސް ވަނީ އެ ހިނގާލުމަށް  ހުރަސްއަޅާފައެވެ. ގޮތުން އިސްރާއިލުގެ ފުލުހުން ރާއިޓް ގިޔަރުގަ މަސައްކަތް ކޮށްފައިވެއެވެ. މިހިގައިލުމުގެ ބައިވެރިން އަތުގައި ކުރީގެ ސައުތު އެފްރިކާގެ ލީޑަރު ނެލްސަން މަންޑޭލާގެ ބުނެފައި ވާ ބަސްފުޅެއް ކަމުގައިވާ " ކަންކަން ޙައްލު ކުރެވޭނީ މިނިވަން ކަމުގައި ވާމީހާއަށް" ލިޔެފައި ވާ ބޯޑުތަކާއި "ފަލަސްޡީނު މިނިވަންކުރޭ " ލިޔެފައި ވާބޯޑުތަކެއްވެއެވެ.

މިހިގާލުމުގައިއިސްރާއިލުގެ ވަރަށް ވަރުގަދަ ލީޑަރެއްވެސް ބައިވެރިވިއެވެ. އޭގެތެރޭގައި މެރެޓްޒު ޖަމާޢަތުގެ ޖެހާވާ ގެލޮންއާއި ހަދާޝް ޖަމަޢާތުގެ ޑޯވު ހަންނިނު ހިމެނެއެވެ. އަދި ހަމައެޤައުމުގެ މަސްހޫރު ލީޑަރު ނެސެއްޓު އައުރާހިމް އާއި ކުރީގެ އެޓަނީ ޖެނެރަލް މައިކެލް ބެން ޔާއިރުވެސް ހިމެނެއެވެ. މިހިނގާލުން ކުރިއަށް ދިޔައީ ޖެރޫސަލަމްގެ އުތުރުން ހުޅަގަށް ދެބައިވާ ހިސާބަށެވެ. މިތަނަކީ 1967 އަހަރު 6ދުވަހުގެ ހަނގުރައިމަގެނަމުގައި ހަނގުރާމަކުރިތަނެކެވެ. މިހަނގުރާމަ ހިގައިފައި ވަނީ ޖައްފާ ގޭޓުން ޝެއިހު ޖައްރާހު އަވަށާއި ދެމެދުގައެވެ. މިދިޔަމަހުގައި "ޖެރޫސަލަމުގެ ދުވަހުގެ" ނަމުގައި ބޭއްވި ހިގައިލުންވެސް ކުރިޔަށްދިޔާއީ މިތަނުންނެވެ.

މިފަހަރުގެ މިއިވެންޓުގައި މަސައްކަތް ކުރި އިސް ފަރާތް ކަމުގައިވާ އަވުނަރ އިންބަރު ބުނީގޮތުގައި ސެޕްޓެމްބަރގެ ކުރިން މިނިވަންކަން ބޭނުންކަމަށާއި އަދި ފަލަސްޡީނު މިނިވަން ކުރުމަކީ ހަމައެކަނި ފަލަސްޡީނުގެ ރައްޔެތުންނަށް ލިބޭނެ މިނިވަން ކަމެއްނޫންކަމަށާއި އެއީ މިހާރު ފަލިސްޡީނުއާއި އިސްރާއިލު އާއި ދެމެދު ހިގާ ހަމަނުޖެހުމުގެ ވެސް ޙައްލުކަމުގައެވެ. އަދި މިހިގާލުމުގެ ސަބަބުން މުޅިދުނިޔެއަށް ވެސް ޔަހޫދީންގެ ބަޔަކާއި އަރަބިންގެ ބަޔަކު މިހަނގުރާމަތަށް ހުއްޓަން ބޭނުންކަން އިގިގެން ދާނެކަމަށް އެނާ ބުނިއެވެ. އަދި ފަލަސްޡީނުގެ ރައްޔެތުންނަށް އެމީހުގެ ބިންތަށް ލިބެން ޖެހޭނެކަމަށެވެ. މިކަން ނިމިގެން ދިޔައީ ވަރަށް ސުލްހަވެރި އަމާން ކަމާއިއެއްކޮށެވެ. އަދި ކުރިޔަށް އޮތްތާގައި މިފަދަ އިވެންޓް ތަކެއް ބޭއްވުމުގެ ޢަޒުމްކަނޑައެޅުމަށް ފަހުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.