ދިއިސްލާމް ފޮޓޯ ޒިނޭކޮށްގެން އަރުވާލެވިފައި

ޒިނޭކޮށްގެން އަރުވާލެވިފައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްކޭން ކޮށްފައިވާ މިލިޔުމަކީ ދިވެހި މަޖައްލާއަކުން ނަގާފައިވާ ލިޔުމެކެވެ. އެލިޔުމުގައި ވާ ގޮތުން ގާތް ގަނޑަކަށް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ޒިނޭކޮށްގެން ޖުމްލަ 111 މީހުން އަރުވާލެވިފައިވެއެވެ. އެއީ ރާއްޖެތެރެއިން 47 ފިރިހެނުންނާއި 64 އަންހެނުން އަދި މާލެއިން 1 ފިރިހެނަކާއި 12 އަންހެނުންނެވެ. އެއީ 1376 ވަނަ އަހަރެވެ. މިއަދު މިއީ 1432 ވަނައަހަރެވެ. 56 އަހަރު ކުރިންނެވެ.
ވިސްނާލަބަލާށެވެ. މިހާރު މާލޭގައި އެކަނި ރެއެއްގެ މައްޗަށް 111 މީހުންނަށް ވުރެ ގިނަ މީހުން ޒިނޭކުރާނެކަމަށް ލަފާކުރެވެއެވެ. މާލޭގައި ޒިނޭޚާނާތަކުގެ ގޮތުގައި، ބޭސްކުރުމުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ތަފާތު ތެރަޕީދޭ ތަންތަނުގެ ނަމުގައި ހުޅުވާފައިހުންނަ ކްލިނިކްތަކާއި، ބައެއް ގެސްޓުހައުސްތަކުގައި ހަށިވިއްކުމުގެ ހަޑިމުޑުދާރު ޢަމަލު ހިންގައެވެ. އަދި ވަރަށް ގިނަ ފަހަރު ފުލުހުން އެފަދަ މީހުން އަތުލައިވެސްގަނެއެވެ.
އަހަރެމެންގެ މުޖްތަމަޢުގައި ފާހިޝްކަންތައްތައް ޢާއްމުވެފައިވާ މިންވަރު މިހިރީއެވެ. އަހަރެމެންގެ ޙާލަތާމެދު ވިސްނާލާކަށް އަދިވެސް ނުވޭތޯއެވެ؟

ޓެގް

ފޮޓޯއިން ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.