އަރަބިދުނިޔެ

"ނޭޓޯއިން ލިބިޔާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 1108 މީހުން މަރުވެފައިވޭ" ލިބިޔާގެ ޕޮރޮސިކުޓަރ ޖެނެރަލް

ލިޔުނީ: އައިޝާ މުނާ

ނޭޓޯއިން ލިބިޔާއަށް ދިން  ވައިގެހަމަލާތަކުގައި މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 1108 މީހުން މަރުވެފައިވާކަމަށާއި އަދި 1000 ވުރެއް ގިނަމީހުންނަށް އެކިވަރުގެ ހާނިކަވެފައިވާކަމަށް ލިބިޔާގެ ޕޮރޮސިކުޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޒެކްރި މަހުޖުބި ޓިރިޕޮލީގައި މިދިޔަ ބުދަދުވަހު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ނޭޓޯގެ ސެކްޓަރީ ޖެނެރަލް އެންޑަސް ފޮގު ރަސްމުސެން  އާއި ދެކޮޅަށް ދަޢުވާ ކުރަން ޖެހޭނެކަމަށެވެ. ސަބަބަކީ ލިބިޔާގެ އާންމު އެތަށް ރައްޔިތުނަކާއި ކުޑަކުދިން ތަކެއް މާރާފައިވާތީއެވެ. ޒަޚަމްވީ މީހުންގެ އަދަދު 4537 އަށް އަރާނެކަމަށާއި އެމީހުން ނަކީ ހަތިޔާރު ހިފައިގެން ތިބި ބަޔަކަށް ނުވެފައި މިފަދަ އަނިޔާވެރިކަމެއް ނުހިންގޭނެ ކަމަށެވެ. މަހުޖަބީ އިތުރަށް ވިދާޅުވީ މުއަމަރަލް ގަޢްޒާފި މަރާލުމުގެ ނަމުގައި ނޭޓޯއިން ވަނީ ލިބިޔާގެ އެތަށް ސިޓީ އެއް ބޮން އަޅާ ސުންނާފަތި ކޮށްފަކަމަށެވެ. އަދި ކުށެއް ނެތް އާންމުންގެ އެތަށް ބަޔަކުމަރާފައި ވާތީވެއާއި ލިބިޔާ އެއްކޮށް ހިޞޯރުކުރަން އުޅުނީތީ އެނާ ރަސްމުސެން އާއި ދެކޮޅަށް ދަޢުވާ ކުރާނެކަމަށެވެ.

ލީބިޔާގެ އޮފިޝަލުން ބުނާގޮތުގައި ނޭޓޯއިން މި ލާއިންސާނީ އަމަލު ހިންގައިފައި ވަނީ ލިބިޔާގައި އާ ސަރުކާރެއް ޤާއިމް ކުރުމުގެ  ނިޢަތުގައާއި ތެޔޮ ވަޅުތަށް އަތުލުމުގެ ބޭނުމުގައެވެ.

ނޭޓޯއިން ވަނީ ގައްޒާފީގެ ސަރުކާރު ވައްޓާލަން ކަމަށްބުނެ އެތަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި މިދިޔަ ބުދަ ދުވަހު ނޭޓޯއިން ލިބިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދައްކައިފައި ވާކަމަށް ބޭރުގެ ނޫސްތަކުގައި ހާމަކޮށްފައި ވެއެވެ. މިބައްދަލުވުމުގައި ނޭޓޯގެ ޗީފް ވިދާޅުވެފައިވަނީ މިހަމަލާތަކަށް ބަދަލެއް ނާންނާނެ ކަމަށާއި ވަކިކޮޅެއްގަ ޖެހެން ދެން ކުރިޔަށް ގެންދާކަމަށެވެ. ނަމަވެސް މިކަމުގައި ސިޔާސީ ގޮތުން ހައްލެއް ހޯދާނެކަމަށެވެ.

އެމެރިކާގެ ނޭޓޯއިން ވަނީ ޢަރަބި ދުނިޔޭގެ މުއްސަންދި ކަމަށް ދަހިވެތިވެގެން  އެތަށް ޤައުމަކަށް އަރާ މި ކަހަލަ ޒަރީމާތަށް ހިންގާފައެވެ .

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *