ޖަމިއްޔަތުއް މުސްލިހީންގެ ފަރާތުން ޝެއިހް ފަރީދުގެ ދަރުސްއެއް ބާއްވާގޮތައް ހަމަޖެހިފައިވާ އެޖަމިއްޔާގެ ފައުންޑާ މެމްބަރެއްކަމުގައިވާ އަލީ އިސްމާއިލް ދިއިސްލާމްއަށް ހާމަކޮށްފިއެވެ.
'ދުނިޔެއިން ވަކިވެގެންދާ ހިނދު' މިމައުޟޫއަށް ޝެއިހް ފަރީދު ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 6 މާރޗް 2010 ވަނަ ދުވަހު ބ. ކަމަދޫ ގައި ކަމަށް ދަރުސް އިންތިޒާމު ކުރާ ޖަމިއްޔާއިން ހާމަކުރެއެވެ. 'މިދަރުސްއަކީ ޖަމިއްޔަތުއް މުސްލިހީންގެ އިފްތިތާހް ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ދެވޭ ދަރުސްއެއްކަމަށާއި މިޖަލްސާގައި ބ އަތޮޅުގެ އެހެނިހެން ޖަމިއްޔާތަކުންވެސް ބައިވެރިވާނެކަމަށް' އަލީ އިސްމާއިލް ދިއިސްލާމްއަށް ހާމަކުރައްވައެވެ.
'ޖަމިއްޔަތުއް މުސްލިހީން އިން ހާމަކުރައްވާގޮތުގައި އެޖަމިއްޔާއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ވީހާވެސް ގިނަ ބަޔަކު މިޖަމިއްޔާއަށް ވަނުމަށް އެދޭ'. ކަމަށެވެ. ބ. އަތޮޅުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މާތް މަޤްސަދުގައި ވުޖޫދަށް އައި މިޖަމިއްޔާއިން ބ. އަތޮޅުގެ އެކި ރަށްތަކަށް ޝެއިހުން ގެނެސް ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޖަމިއްޔާގެ އިސް ފަރާތަކުން ދިއިސްލާމްއަށް ހާމަކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...