ރިޕޯޓް 168 އަހަރުވީ ނޫހެއްގެ ނިމުން: ޝުކުރިއްޔާ އަދި އަލްވަދާއު

168 އަހަރުވީ ނޫހެއްގެ ނިމުން: ޝުކުރިއްޔާ އަދި އަލްވަދާއު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

168 އަހަރުވީ ނޫހެއްކަމުގައިވާ 'ނިއުސް އޮފް ދަ ވޯލްޑް' ގެ ނިމުން އައިސްފައިވަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. 7.5 މިލިއަން ކިޔުންތެރިންނާއިއެކު ކުރިއަށް އައިސް އެނޫހުގެ ނިމުން ފެށުނީ އެނޫހުގެ ފަރާތުން ބައެއް މީހުންގެ ފޯނު ހެކްކޮށް އެކޯލްތައް އަޑު އެހިކަން ފަޅާ އެރި ހިސާބުންނެވެ.  1843 ވަނަ އަހަރު ފެށި ނޫސް ފޯނު ކޯލުތަކެއް އަޑު އެހި މައްސަލާގައި ތާށިވެ ސަލާމަތް ނުވެވިގެން ނޫސް ހުއްޓާލާނެކަން އިއުލާންކޮށް އެންމެ ފަހުގެ ޢަދަދު ވަނީ ނެރެފައެވެ. އެއަދަދުގެ ބޭރުގަނޑުގައި ވަނީ "ޝުކުރިއްޔާ އަދި އަލްވަދާއު' މިހެން ލިޔެފައެވެ.

ނޫހުގެ އެންމެ ފަހުގެ އަދަދުގެ ބޭރުގަނޑުގައި އިތުރަށް ލިޔެފައިވަނި '168 އަހަރަށް ފަހު، އެންމެ ފަހުން ދެރަ އެހެނަސް ފަޚުރުވެރި އަލްވަދާއުއެއް އަޅުގަނޑުމެންގެ 7.5 މިލިއަން ކިޔުންތެރިންނަށް ކިޔަމެވެ.' މިފަދައިންނެވެ. އަދި ބޭރުގަނޑުގައި އެނޫހުގެ އެންމެ ފާހަގަ ކޮށްލެވޭ ކަވަރުތައް ހިމަނާފައިވާއިރު އެތެރޭގައިވަނީ އެނޫހުގެ ކާމިޔާބީތަކާއި އެޑިޓޯރިއަލް ހިމަނާފައިވެއެވެ.

ފޯނު ހެކްކޮށް ބައެއްގެ ޕްރައިވެސީއަށް އަރައިގަތުމުގެ މައްސަލަ ފެންމަތިވެ އެތަކެއް  ދުއްތުރާތައް ނޫހަށް ކުރިމަތިވެ ނޫހުގެ އިދާރާގައި 'ބަންދު' ބޯޑު އަޅުވާފައިވާއިރު އެތަނުގެ މުވައްޒަފުންވެސް ވަނީ އެންމެ ފަހުގެ އަދަދާއި އެކު ވަޒީފާއިން ވަކިވެފައެވެ.

'ނިއުސް އޮފްދަ ވޯލްޑް' ގެ އެންމެ ފަހުގެ އަދަދު 'ކާމިޔާބާއި އެކު ވިކޭ' ކަމަށް ނޫހުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި އެންމެ ފަހުގެ އަދަދު ވިއްކައިގެން ލިބޭ ފައިސާ 'ޗެރިޓީ'އަށް ހަދިޔާ ކުރާނެކަމަށްވެސް އެނޫހުގެ ބޭރުގަނޑުގައިވެއެވެ. 168 އަހަރުގެ ތެރޭގައި ނޫހުގެ ފަރާތުން އެތައް ފައިދާއެއް މުޖުތަމައަށް ކޮށްދީފައިވި ނަމަވެސް ނޫސް ހުއްޓާލަންޖެހުނުއިރު ނޫހުގެ ނަންވަނީ މުޅިން ހަޑިވެފައެވެ. ފޯނު ކޯލް ވަގަށް އަޑުއެހުމުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ނޫސް ބަންދު ކުރިއިރު އެތައް ބަޔެއްގެ ފާޑު ކިޔުމާއި ފުރައްސާރަ ނޫހުގެ އިސްވެރިންނަށާއި ނޫހުގެ މުވައްޒަފުންނަށް ވަނީ ރައްދުވެފައެވެ. ބައެއް މީހުންގެ ނަޒަރުގައި އެނޫސް ހުއްޓާލުމުގެ ބަދަލުގައި އެމުޑުދާރު އަމަލު ހިންގި މީހުން އެއްފަރާތްކޮށް ނޫސް ކުރިއަށް ގެންދިއުމުން 'އޯކޭ' ވާނެއެވެ.

ނިއުސް އޮފްދަ ވޯލްޑް ގެ އެންމެ ފަހުގެ އަދަދު މިހާތަނަށް 5 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ނިއުސް އޮފް ދަ ވޯލްޑްގެ ނިމުން ވެގެންދާނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ނޫސްތަކަށް ލިބިގެން ދިޔަ ރަނގަޅު ފިލާވަޅަކަށެވެ. ފޯނު ކޯލް ހެކްކުރުންފަދަ ކަންކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެތަން 'ސައިޒަށް' ތިރިވެގެން ދިޔަކަމަކަށެވެ، ނޫސްވެރިކަމުގެ ދާއިރާގައި އުޅުނު މުއްދަތު އެފަދަ ކަންކަން ކުރުމަށް އެހީއަކަށް ނުވިއެވެ. އަދި އެތަނެއްގައި އޮންނަ އާންމު އުސޫލުތަކަށް ބޯނުލަނބާ ކޮންމެ މީހަކަށް މިފަދަ ހިތި ނިމުމެއް އަންނާނެކަން މިފަދަ ހާދިސާތަކުން ފެންނަމުން މިދަނީއެވެ.

ޓެގް

ނޫސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.