އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 20 މީހުން މަރުވެ 100 މީހުންނަށް އަނިޔާވެއްޖެކަމަށް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެރެއިލްވޭ ސްޓޭޝަނުން ހާމަކޮށްފިއެވެ.
އިއްޔެ ނޯތް އިންޑިއާގައި ހިނގި މިހާދިސާގައި އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނިއުދިއްލީއަށް ދަތުރު ކުރަމުން ދިޔަ ރޭލް އަށް މިދިމާވި ހާދިސާގެ ތަހުގީގު ކުރަމުންދާކަމަށް އެސަރަހައްދުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ރޭލް އަރިއަޅާލާފައިވާތަނާއި އާންމުން އަނިޔާވެފައިވާ ފަރާތްތަކަށް އެހީވާ މަންޒަރު ވަނީ ޓީވީ ޗެނަލްތަކުން ދައްކާފައެވެ.
އިންޑިއާއަކީ ރޭލް އެކްސިޑެންޓް ހިނގުން އާންމު ޤައުމެކެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ރޭލްގެ ޚިދުމަތް ބޭނުން ކުރަމުން އަންނަ ގައުމުވެސް މެއެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ދުވާލަކު 14 މިލިއަން މީހުން ރޭލުގެ ޚިދުމަތް ހޯދައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...