ރިޕޯޓް

ރީތި އިސްތަށިގަނޑެއް ބޭނުންތަ؟

ލިޔުނީ: އައިޝާ މުނާ

ސާފުތަހިރުކަމަކީ އިސްލާމް ދީންގެ ވަރަށް ބޮޑަށް ބާރު އަޅާކަމެކެވެ. މާތް ﷲ البقرةގެ ސޫރަތުގެ 222 ވަނަ ޢާޔަތުގައި ވަހީ ކުރަށްވައިފައި ވަނީ  "އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ!) އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ."

އާއްމުކޮށް ފެންވެރުންމުގެ އިތުރަން އިސްލާމް ދީނުގައި ތާފާތު އެތައް ކަންކަމަކާ ގުޅިގެން ތާހިރުވާން އަންގަވާފައިވެއެވެ. އަބޫޙުރައިރާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ކައުއިތުރު ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ބޮލުގައި އިސްތަށި ވާމީހަކު ނަމަ އެސާފުކޮށް ބަލަހައްޓާށެވެ. އެގޮތުން އެކަލޭގެފާނު ފެންވަރުއްވާއިރު އިސްތަށިގަނޑަށް 3 ފަހަރު ފެންއެޅުއްވުމަށް އިސްތަށިގަނޑު ތެރެއިގައި ރަނގަޅަށް އިގިލިފުޅު ހިންގަވައިލަށްވައި ސާފުކޮށް ދޮންނަވައެވެ. އަދި އެއަށް ފަހު މީރުވަސްދުވާ ޢަތަރެއް ބޮލުގެ ކަނާތް ފަރާތުގައި ލައްވަވަފައި ދެން ވާތް ފަރާތުގައި ދެން ބޮލުގެ މެދުގައި ހާކާލައްވައެވެ. އެކަލޭގެފާނު ފެންވަރުވައިގެން ނުކުންނަވާއިރުވެސް އިސްތަށިފުޅުގައި މީރުވަސް ހުއްނަވާކަމަށްވެއެވެ.

އިސްތަށިގަނޑު ދޮވުން

ދިރާސަތަކުން ދައްކާގޮތުގައި ބޮލުގެ އިސްތަށިގަނޑު އެންމެ ސިއްޙަތު ރަނގަޅުކޮށް ހުންނަނީ ހަފްތާއަކު ދެފަހަރު ދޮންނަބޮލެވެ. އަދި ވީހާވެސް ޕީ އެޗު ބެލެންސް ސޭންޕޫ ބޭނުން ކުރުން މުހިއްމުއެވެ. ދޮންނައިރު މާބޮޑަށް ހަޑި ނޫނިޔާ 1 ފަހަރު ސޭންޕޫ ލާށެވެ. ސޭންޕޫ ލުމަށް ފަހު އިސްތަށިގަނޑު ގައި ކޮންޑިސަނަރ ކޮޅެއް ލުމުން އިސްތަށިގަނޑު މަޑުވެ ފުނާއެޅުން ފައްސޭހަކޮށްދެއެވެ.

އަންހެނުންގެ އިސްތަށިގަނޑު އާންމުކޮށް ދިގުވާނެތީ އައްސައިގެން ދޮވުމަކުން ސާފެއްނުވާނެއެވެ. އަދި ޙައިޟުވެރިޔާ ހިނައިގަތުމުގައި އެނާގެ އިސްތަށިގަނޑު ރަނގަޅަށް ދޮންނަންޖެހެއެވެ. ހަމައެކަނި އިސްތަށިގަނޑު ތެއްމާލުމަކުން ނުވަތަ ކޮޅުދޮވެލުމަކުން ނުފުދޭނެއެވެ. އިސްތަށިގަނޑު ތެރެއިގައި އިގިލީގެ ކޮޅު ރަނގަޅަށް ހާކާލާފަ އުގުޅަންވާނެއެވެ.

ފުނާއެޅުން

ފުނާއެޅުމުގައި ވިސްޖެހޭކަންތައްތަކުގެތެރޭގައި ތެތްކޮއްހުއްޓާ ފުނާއަޅާނަމަ ވީހާވެސް ދަތްތަށް ބޮޑު ފުނަލަކުން ފުނާ އަޅަންވާނެއެވެ. ދަތްތަށް ކުދި ފުނާލަކުން އިސްތަށިގަނޑު ތެތްކޮށް ހުއްޓާ އަޅާނަމަ އިސްތައްޓަށް އަނިޔާލިބި އިސްތަށި ބިދި އަދި ފޭބުން ގިނަވާނެއެވެ. ސަބަބަކީ ފެން އެޅުމުން އިސްތަށިގެ ބުޑުގައި ލެވިފައިވާ ހުދުކުލިގެ ފަށަލަ މަޑުވެފައި ވުމުން އިސްތަށި ހިފެހެއްޓުމުގެ ބާރު ކުޑަވެފައި ވާނެތީއެވެ.ތެތްކޮށް ހުއްޓާއި ފުނާއަޅާނަމަ މަޑު މަޑު އަޅަންވާނެއެވެ. އެންމެ ރަނގަޅީ ފެން ހިކުމުން ފުނާއެޅުމެވެ.

ބޮލުން ފެންހިކެންދެން ބެހެއްޓުން

ބޯހިތްކުމަށްޓަކައި ހެޔާޑްރަޔަރ ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ އޭގެން އައްނަވަރުގަދަ ހޫނެއްގެ ސަބަބުން އިސްތަށީގެ ޤުދުރަތީ އޮފުކަން ކަނޑުވާލައި އަދި ހިކި ކުރަކިކޮށްލައެވެ. އެއިރުން އިސްތަށިގަނޑު ދެކަފިވެ ހާލާކުވެއެވެ. އިސްތަށިގަނޑު ތުވާލިން ހިތްކާލުމަށް ފަހު އައްމިލައަށް ހިކެންދެން ބެހެއްޓުން ރަނގަޅެވެ.

ބޯމަސާޖުކުރުން

ހަފްތާޔަކު 1 ފަހަރު ބޯމަސާޖުކުރުމަކީ ބޮލުގެ ހަންގަނޑު ތެރޭގައި ލޭހިގުން ރަނގަޅުކޮށް ދީ އިސްތަށީގެ ބުޑު ވަރުގަދަ ކޮށްދޭކަމެކެވެ. އޭގެ އިތުރުން ބޮލުގެ ރިހުން ކަނޑުވައިލަދީ ހަށިގަނޑަށް އަރާމުލިއްބައިދޭކަމެކެވެ. މަސާޖުކުރާއިރު ތެޔޮ ބެނުން ކުރުން މުހިއްމެވެ. ބެނުންކުރަން ރަނގަޅު ތެޔޮތަކުގެތެރޭގައި ޕާންމު ތެޔޮ، ޖޯޖޯބާ ތެޔޮ، ކާށިތެޔޮ ،ކާސްޓަރ ތެޔޮ، އަދި ޒައިތޫނިތެޔޮހިމެނެއެވެ. އެގޮތުން ބޭނުން ކުރަން އެންމެ ރަނގަޅީ ރީތި ސާފު ކާށި ތެލާއި ޒައިތޫނި ތެލެވެ. މީ ރާއްޖެއިންފައްސޭހައިން ލިބެން ހުންނަ ބާވަތުގެ ތެލެވެ. ފުރަތަމަ ތެޔޮ ފޮދު ކުޑަ ތެއްޔަކަށް ނުވަތަ ސަމްސަލަކަށް އަޅާފަ އުނދުންމަތީގައި ހޫނު ކޮށްލާފަ ކުޑަކޮށް ހިހޫވުމުން އިގިލީގެ ކޮޅުތަށް ޖައްސާލައިފައި ބޮލުގެތެރެގައި ހާކަލާފަ ވަށްބުރަށް ވާގޮތަށް އިގިލިހާކަމުން މަތިން ތިރިޔަށްގެންދާށެވެ. އަދި މިގޮތަށް މުޅިބޯއެއްކޮށް މަސާޖުކޮށްލުމަށް ފަހު 1 ގަޑިއިރާއި  8 ގަޑިއިރުދެމެދުގެ ވަގުތެއްގައި ބެހެއްޓިދާނެއެވެ. އެއަށް ފަހު ދޮވެލާށެވެ. މިހާތަނަށް ދުނިޔޭގެ ހޯދިހޯދުންތަކުން ދައްކާގޮތުގައި ޒައިތޫނި ތެޔޮ ބޭނުކުރާ މީހުންނަށްވުރެއް ނުކުރާމީހުންގެ ނުރަޖެހުން އަވަހެވެ.

ބޮލުގައި ހީނާފަތް ބޭނުން ކުރުން

އިސްތަށިގަނޑުގައި ކުލަޖައްސަންބޭނުންނަމަ އެންމެ ރަނގަޅީ ހީނާފަތް ބޭނުންކުރުމެވެ. ފާޑު ފާޑުގެ ކުލަބޭނުން ކުރުމުން އެގައިވާ ކެމިކަލް ބާވާތްތަކުގެ ސަބަބުން އިސްތަށީގެ ބުޑުގައި ހުޅުވިފައިވާ ކުދި ކުދި ލޯވަޅުތަށް ބެދޭގޮތް ވެ އިސްތަށިގަނޑު ހަލާކުވެއެވެ.  ހީނާފަތް ބޭނުންކުރުމުން ބޮލުގެ ތެރެފިނިކޮށްދީ އިސްތަށިގަނޑު ވަރުގަދަވެ، ބޮލުގެރިހުކަނޑުވައި، މައިގްރައިން ފަދަ ބަލިތަކުން ސަލާމަތް ކޮށްދެއެވެ. އަދި އިސްތަށިގަނޑުގެ އޮފުކަން ގެނެސްދީ ހަންފޮޅުމުގެ ސަބަބުން ބޯހިރުވުންކަނޑުވައިލަދީ އުކުނު އެޅެމުން ސަލާމަތް ކޮށްދިނުމުންނާއި ނުރަޖެހުން ލަސްކޮދިނުމަށް އެހީތެރިވެދެއެވެ. ކައުއިތުރު ރަސޫލާ صلى الله عليه وسلم ބޮލުގައި އާއި ތުބުޅިފުޅުގައި ހީނާފަތް ތުރުކުރަށް ވާކަމުގައި ސުންނަތުން ސާބިތުވެއެވެ .

ހީނާފަތް ބޯތައްޓަކަށް އެޅުމަތް ފަހު އެއް ލުބޮލުގެ ހުތް އަޅާފައި މަތިޖަހައިފައި 24 ގަޑި އިރު ބެހެއްޓުމަށް ފަހު ބޮލުގައި ހާކާލާށެވެ. ލުބޯހުތް އެޅުމުގެ ބޭނުމަކީ ހާކާލަން ފައްސޭހަވާނެތީއެވެ. ހާކާއިރު ބައި ބައި ވަކިވަކިން ނަގައިގެން ރަނގަޅަށް ހުރިހާ އިސްތަށްޓެއްގެ ބުޑުގައި އުގުޅާލައިފައި މުޅިބޮލުގައި އެއްކޮށްހޭކުނީމައި ސަވަރ ކެޕް ނުވަތަ ކޮތަޅެއް ފަދަ އެއްޗަކުން ނިވާކޮށްލާފައި  2 ގަޑިއިރާއި 8 ގަޑިއިރާ ދެމެދުގެ އިރެއްގައި ބެހެއްޓުމަށް ފަހު ދޮވެލާށެވެ.  މާބަނޑު މީހުންނަށް ވެސް ކެމިކަލް ހުންނަ ކުލަ ބޭނުން ނުކުރެވުސް ހީނަފައި ބޭނުންކުރެވޭނެއެވެ.

ފައިދާހުރި ކާނާބެނުންކުރުމާއި ރަނގަޅަށް ނިދުން

ފައިދާހުރި ކާނާބެނުންކުރުމާއި ރަނގަޅަށް ނިދުން މީ ވެސް އިސްތަށިގަނޑަށް ރަނގަޅު ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެދުވަހަކުސް އާދަކޮށް ކިރު ތަށި ބޭނުކުރުމާއި މޭވާ އަދި ތަރުކާރީގެ ކޮންމެވެސް މިވަރެއް ބޭނުކުރުމުން ސިއްޚަތު ސަލާމަތުން ހުރުމުގެ އިތުރަށް އިސްތަށިގަނޑު ރީތިކޮށްދެއެވެ. އަދި ދުވާލަކު 8 ތަށި ފެން  ބޯން  ވާނެއެވެ.

ރީތި ނަލަ އިސްތަށި ގަނޑު ދަކަން ވާނީ ފިރިމީހާ އަށް ނުވަތަ އަންބިމީހާ އަށް އެކަނިއެވެ. އަންހެނުން ތިމާގެ އިސްތަށިގަނޑު ހިލޭފިރިހެނުންނަށް ދެކުމަކީ ދީނުގައި މަނާކަމެކެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ފުރިހަމަ

  2. ދުވާލަކު 8 ލީޓަރ ލިޔެވިފަ އެއޮތީ އޮޅުމަކުން ދެއްތޯ؟ ވަރަށް މަޢުލޫމާތު ލިބުނު ލިޔުމެއް. جزاك الله خيرا

Your email address will not be published. Required fields are marked *

More in ރިޕޯޓް