'އަހަރެންގެ ދުޢާފޮތް' ނުކުމެއްޖެއެވެ.
ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި އަހަރެންގެ ދުޢާ ފޮތަކީ އަލްފާޟިލާ ޚަދީޖާ ހިދާޔާ ތައްޔާރު ކުރައްވާ ނެރެފައިވާ ކުޑަކުދިންނަށް ހާއްސަ ދުޢާ ފޮތެކެވެ. ދުޢާތައް ހިމަނާފައިވަނީ ކުޑަކުދިންނާއި ގުޅޭ ގޮތަށް ފޮޓޯ ހިމަނައިގެންނެވެ. 30 ރުފިޔާއަށް ވިއްކާ މި ފޮތް މާލޭގެ ގިނަ ބުކްޝޮޕްތަކުން ވިއްކަން ހުންނާނެކަމަށް ޚަބަރު ލިބެއެވެ. މުޅިން ކުލަކޮށް ނެރެފައިވާ މިފޮތް ކުޑަކުދިން ކިޔާހިތްވާނެކަހަލަ ގޮތަކަށް ވަނީ ޑިޒައިން ކޮށްފައެވެ.
'އަހަރެންގެ ދުޢާ' ފޮތް ބުކްޝޮޕްތަކުން ވިއްކަން ފަށާފައިވަނީ ޖުލައި 3 އަކުން ފެށިގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...