ސައިންސާއި ޓެކް ސަމްސަންގް ގެލެކްސީ އެސް 2 ގެ ތިން މިލިޔަން ފޯނު 55 ދުވަހުގެ ތެރޭ ވިއްކާ ލައިފި.

ސަމްސަންގް ގެލެކްސީ އެސް 2 ގެ ތިން މިލިޔަން ފޯނު 55 ދުވަހުގެ ތެރޭ ވިއްކާ ލައިފި.

ސަމްސަންގް ގެލެކްސީ އެސް 2 ގެ ތިން މިލިޔަން ފޯނު 55 ދުވަހުގެ ތެރޭ ވިއްކާ ލައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ސަމްސަންގް އިން ހާމަކުރި ގޮތުގައި ގެލެކްސީ އެސް ބާޒާރާރަށް ނެރުންތާ 55 ދުވަސްތެރޭގައި ވަނީ ރެކޯރޑް މުގުރާލާފައެވެ. 3 މިލިޔަން ފޯންވަނީ ވިއްކާފައެވެ. ދުވާލަކު 50،000 ފޯނެވެ. 1.5 މިނެޓަކު ފޯނެކެވެ. މިއީ ސަމްސަންގެ އެންމެ ހަލުވިކަމާއި އެކު ވިކެމުން ދާ ފޯނެވެ.  ސަމްސަންގެ ގެލެކްސީ އެސް ފޯން ވެސް ވަނީ 85 ދުވަސްތެރޭ 3 މިލިޔަން ފޯނު ވިއްކާފައެވެ. ސަމްސަންގް އިން ރަސްމީކޮން 2011 ވަނަ އަހަރު ވިއްކަން ނިންމާފައި ވަނީ 10 މިލިއަން ފޯނެވެ. މިވަރުންދާނަމަ މިއަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގެލެކްސީ އެސްގެ ކާމިޔާބީއާއި އެކު ނެރުނު ގެލެކްސީއެސް 2 އަކީ މިހާތަނަށް އުފެއްދި އެންމެ ތުނި، ލައިޓް ސްމާރޓް ފޯނެވެ. އެންމެ ތުނި ހިސާބުގައި 8.49 މިލިމީޓަރު ހިމެނެއެވެ. ސްކްރީން ރެޒްލޫޝަންގައި 800 ބައި 480 ސުޕަރ އެމޮލިޑް ޕްލަސް ޑިސްޕްލޭ ހިމެނޭއިރު ސްކްރީންގެ ބޮޑުމިނުގައި 4.3 އެވެ.  1.2Ghz  ޑުއަލްކޯ ޕްރޮސެސަރ އަކާއި އެންއެފްސީ  ޓެކްނޮލޮޖީ އާއި ބްލޫޓޫތް 3 ހިމެނެއެވެ.

އެންޑްރޮއިޑް މާކެޓްގައި މިވަގުތު އެންމެ ފެންވަރު ރަނގަޅު ފޯނަކީ ސަމްސަންގެ ގެލެކްސީ އެސް 2 ކަމާމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.  ސްމާރޓް ފޯން ބާޒާރުގައި ގެލެކްސީ އެސްސް ވަކި ހިއްޕާލި ގޮތަށް ގެލެކްސީ އެސް 2 ވެސް ޗާރޓް ތަކުގެ ކުރީ ވަނަތަށް ހޯދާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.