ދުނިޔެ އެމެރިކާގެ މުސްލިމް އަންހެން ކުއްޖަކު އޭނާ ވަޒީފާ ޢަދާކުރި ކުންފުންޏާ ދެކޮޅަށް ދަޢުވާ ކޮށްފި

އެމެރިކާގެ މުސްލިމް އަންހެން ކުއްޖަކު އޭނާ ވަޒީފާ ޢަދާކުރި ކުންފުންޏާ ދެކޮޅަށް ދަޢުވާ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : އައިޝާ މުނާ

އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ މުސްލިމް އަންހެނެއްގެ ބުރުގާ ބާލާފައި މަސައްކަތް ކުރަން ނުކުތުމަށް އެންގުމުން އޭނާ އެކަމަށް އިންކާރު ކުރުމާ ގުޅިގެން ވަޒީފައިން ވަކިކޮށްފައިވާތީ ކުންފުންޏާ ދެކޮޅަށް އެނާ ދަޢުވާ ކޮށްފިއެވެ.

ހަނީ ހާން އަކީ ކެލިފޯނިއާގެ Abercrombie & Fitch ނަމަކަށް ކިޔާ އަންނައުނު ވިއްކާ ތަނެއްގައި މަސައްކަތް ކުރި އުމުރުން 20 އަހަރު ގެ ޒުވާން އަންހެން ކުއްޖެވެ. ހާނީ ބުނި ގޮތުގައި އެނައާ މެދު ކަންތައް ކޮށްފައިވަނީ ވަރަށް ބޭއިންސާފް ކޮށެވެ. ސަބަބަކީ އެ ޤައުމަކީ ހުރިހާ ދީން ތަކުގެ މީހުންނަށް އެމީހަކު ބޭނުން މިނިވަން ކަމެއް ކުރުމުގެ އިޚްތިޔާރު އޮންނަ ތަނަކަށް ވެފައި އެނާ އަށް ވެސް އެނާގެ ދީން މަތީގައި އުޅުމުގެ މިނިވަން ކަން ދޭން ޖެހޭނެ ކަމަށް އެނާ ބުންޏެވެ. އަދި މީއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ވެސް އެނާ ބުންޏެވެ.

ހަނީ ބުނީ އެތަނުގެ ޑިސްޓްރިކްޓް މެނޭޖަރ އާއި ހިއުމަން ރިސޯސް މެނޭޖރ އެނާ ކައިރީ ބުނީ ބުރުގާ ބާލައިގެން ޑިއުޓީ ގަޑީގައި އުޅުމަށެވެ. އަދި އެނާ އެކަމަށް އިންކާރު ކުރުމުން 4 މަސް ވަންދެން ގޭގައި ވަޒީފައަށް ނުނުކުމެވޭ ގޮތަށް ބެހެއްޓުމަށްފަހު ވަޒީފައިން ވަކިކުރީ ކަމަށެވެ. ހަނީ ބުނާ ގޮތުގައި އޭނަ އަށް ވަޒީފާ ދިން އިރު އެތަނުގެ މެނޭޖަރ ބުނެފައިވަނީ އެކުންފުނީގެ ކުލައާ އެއްކުލައެއްގެ ބުރުގާ އެޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.

މީއީ އެ ކުންފުންޏާ މެދު މިގޮތަށް ވަޒީފާގައި ތަފާތުކުރުމުގެ މައްސަލާގައި ބަޔަކު ދަޢުވާކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެކުންފުނިން ވަޒީފާ ދިނުމުގައި ބޮޑަށް ބަލަނީ ދޮން، ރީތި، ޒުވާން ކުދިންނަށް ވަޒީފާ ދިނުމަށެވެ. އަދި އެކުންފުނިން ބުރުގާ އަޅާ އަންހެން ކުދިންނަށް ވަޒީފާ ނުދޭ މައްސަލަ ވެސް ވަނީ އުފެދިފައެވެ. އެގޮތުން 2009 ގައި ސަމަންތާ އީލާފް ނަމަކަށް ކިޔާ 17 އަހަރުގެ އަންހެން ކުއްޖަކު ބުރުގާ އަޅާ ނިވާކޮށްފައިވާތީ ވަޒީފާ ނުދިނުމުން އޭނަ ވެސް ވަނީ އެ ކުންފުންޏާ ދެކޮޅަށް ދަޢުވާ ކޮށްފައެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެކުންފުންޏާއި، އެކުންފުނީގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ގޮވާލަމުންނެވެ.

ޓެގް

އަންހެނުންގެ ޙައްޤު ހިޖާބް ބުރުގާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.