ރިޕޯޓް

ޓެރެރިސްޓަކީ ޑޒ.ޒާކިރު ނައިކެއް ނޫނެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ގިނަބަޔަކު ދެކެމުން އަންނަ އެއްކަމަކީ ޓެރެރިސްޓުންގެ އަމަލުތަކެވެ. މިގޮތުން ރާއްޖޭގެ ގިނަބަޔަކުގެ ނަޒަރުގައިވެސް މިކަން އޮތީ ހަމަ އެފަދަ ނުރަށްކައުތެރި ކަމެއްގެ ގޮތުގައެވެ. މިކަމުގެ ހެއްކަކަށް މިފެށޭ މޭމަހު ދިވެހި ރާއްޖޭ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ.ޒާކިރު ނައިކަށް ސެކިއުރިޓީ ބަލަހަށްޓައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީއިން ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ހުށައެޅުއްވުމުން، ޑރ.ޒާކިރު ނައިކަކީ ޓެރެރިސްޓުންނަށް ހިތްވަރުދޭ ބޭފުޅެކޭ ވިދާޅުވެ އެބޭފުޅާގެ ސެކިއުރިޓީ ހަމަ ޖައްސައިދިނުމަށް ގައުމީ ދިފާއީ ބާރުން ދެކޮޅު ހެއްދެވި ހެއްދެވުން ފުދެއެވެ.

ޑރ.ޒާކިރު ނައިކަކީ ކާކުކަން އަޅުގަނޑު ދަންނަވާކަށް ނުޖެހޭނެއެވެ. މިދިވެހި ވަޠަނުގައި ކީއްކުރަންތޯއެވެ؟ މުޅި ދުނިޔޭގައިވެސް އެބޭފުޅާއަށްވުރެން މަޝްހޫރު ދާޢީ އެއް ހުންނާނެ ހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. ފަހަރުގައި އަޅުގަނޑުގެ މައުލޫމާތު ކޮށީކަމުގައިވެސް ވެދާނެއެވެ. އެބޭފުޅާއަކީ ކީރިތި ޤުރުއާނާއި، ހަދީޘް ފޮތްތަކުގެ އިތުރުން ދުނިޔޭގެ ތަފާތު އެތަކެއް ދީންތަކެއްގެ ފޮތްތައް ވަރަށް ފުރިހަމަޔަށް ދަންނަ ބޭފުޅެކެވެ. އަދި އެބޭފުޅާއަށް، ބޭފުޅުން ކުރަށްވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވާ އާދަޔާހިލާފު ގޮތަކީ އެބޭފުޅާގެ ލެކްޗާތަކަށް މީހުން އިތުރަށް ޝައުޤުވެރިކުރުވާކަމެކެވެ. ފަހުގެ ތާރީހެއްގައި އެންމެ ގިނަބަޔަކު އިސްލާމްދީނަށް ވަނުމުގެ އަސްލެއްކަމުގައި ވެފައިވަނީ ޑރ.ޒާކިރު ނައިކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެހެން ދީންތަކުގެ މީހުން ހާއްޞަކޮށް ނަޞާރާއިންނަށް އެބައިމީހުންގެ ދީން ފެތުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑރ.ޒާކިރު ނައިކުކަމާމެދަކު ޝައްކެއް ނެތެވެ.

ކޮންމެއަކަސް މިފަދަ ކުޅަދާނަ ބޭފުޅަކަށް ރާޖޭގެ ޤައުމީ ދިފާއީ ބާރުން ސެކިޔުރިޓީ ދޭން އުޒުރުވެރިވުން އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެތް އެންމެ ބޮޑު އެއް ވައުދަކީ ދީނީ ކަންކަން ދީނީ ޢިލްމުވެރިންނާ ހަވާލުކުރަށްވާނެކަމަށް ދިވެހި ރަށްޔެތުންގެ ކުރިމަތީގައި ވެލެއްވި ވަޢުދެވެ. ހަގީގީ މާނައިގައި އިލްމުވެރިންނަށް ދީނުގެ ކަންކަނަ ހަވާލުކުރުމުގެ މާނައަކީ ދީނީ ގޮތުން އެބޭފުޅުން ކުރަށްވަން ބޭނުންފުޅު ކޮންމެ ކަމެއް އެބޭފުޅުން އެދޭ ގޮތަކަށް ހިންގުމުގެ ފުރުޞަތު ދިނުމެއެވެ. ތިމާމެންގެ ގަބޫލުކުރުންތަކާ ފުށުއެރިކަމުގައި ވީނަމަވެސް ދީނީ ގޮތުން ކުރާ ކަމަކަށް ތިމާމެންގެ އަތް ނުބާނާ މަޑުން ތިބުމެވެ. މިހެން މި ދެންނެވީ، ޑރ.ޒާކިރު ނައިކު ރާއްޖެ ގެނައުމަށް ކުރާ އެއްވެސް ކަމެއްގައި އެބާރުލުން ނުދިނުމަށް މިހާރުގެ އިލްމާނީ ވެރިޔާ މުހަށްމަދު ނަޝީދު ސަރުކާރުގެ ތަފާތު ވުޒާރާތަކުގައި އެދެފައިވާތީއެވެ. އެއީވެސް ޑރ.ޒާކިރު ނައިކަކީ ޓެރަރިޒަމަށް ތާއީދުކުރާ ބޭފުޅެއް ކަމަށް ބުނެޔޯލައެވެ. ތިމާއަކީ ދީނީ އިލްމުވެރިއެއް ނޫނޭ، ދީނީ އެއްވެސް ކަމަކާ ނުބެހޭނަމޭ ވިދާޅުވި ބޭފުޅާއަށް ވާވަރަކީ މިއީއެވެ. ޑރ.ޒާކިރު ނައިކަކީޓެރެރިޒަމަށް ގޮވާލާ އެކަމަށް ހިތްވަރުދޭ މީހެކޭ ބުނި މުސްލިމަކު ނަޝީދު ނޫނިއްޔަކާ ހުރެދާނެހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ.

މިއަދުގެ ދުނިޔޭގައި ޓެރަރިޒަމް މާނަކުރަމުން ދަނީ އޭގެ ހަގީގީ މާނައިގާތޯ މިއީވެސް މިހާރު އުފެދޭ ސުވާލެކެވެ. ގިނަފަހަރަށް ޓެރެރިސްޓެކޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް އިނގިލި ދިއްކުރެވެނީ މުސްލިމުންނާ ދިމާއަށެވެ. ކޮންމެ ކޮންމެ މުސްލިމަކަށްސް ނޫނެވެ. އަޅުގަނޑުމެންގެ ގައުމުގައި މިއުޅޭ "މެދު މިނުގެ" މުސްލިމުންނަކަށްވެސްނޫނެވެ. ކީރިތި ރަސޫލާ ތުނބުޅި ފުޅު ބެހެއްޓެވީތީ ތުނބުޅި ބަހަށްޓާ ކޮންމެ މުސްލިމަކީވެސް ޓެރަރިސްޓެކެވެ. އެކަލޭގެ ފާނު އިޒާރު މަތިކުރުމަށް އެންގެވީތީ، ފައިކުރި ތަނބިކަށްޓަށްވުރެ މަތީގައި ހުންނަ ކޮންމެމީހަކީވެސް މިބައި މީހުންގެ ކުރިމަތީގައި ހަމަ އުސާމާ ބިން ލާދިން ފަދަ މީހެކެވެ. މިހެންގޮސް ކިޔާނެކަމެ ނެތެވެ. ފުރިހަމަ ގޮތުގައި ރަސޫލާ އެންގެވިގޮތަށް އުޅުމަށް މަސަކަތްކުރާ ކޮންމެ މީހަކީ މިބައި މީހުންގެ ކުރިމަތީގައި ޓެރެރިސްޓެކެވެ. މަޤްޞަދަކީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އިސްލާމްދީން މި ބިންމތިން ނައްތާލުމެވެ. ނަމަވެސް ހައްގަކާ ނުލައި ފަލަސްތީނާއި، އީރާޤާއި، އަފްޤާނިސްތާނުގައި މުސްލިމުން މަރަމުން ދާއިރު އެއީ ޓެރަރިޒަމްގެ އަމަލަކަށް ނުބެލެވެއެވެ. އެއީ ހަމަ ގައުމީ ބަޠަލުންނެވެ. ދިވެހި ރާއްޖޭގައިނަމަ ހަމަ ބޮޑު ތަކުރުފާނެވެ. ނުވިތާކަށް އެ އަމަލުތަށް ސިފަކުރެވިފައި އޮންނަނީޓެރަރިސްޓުންނާ ދެކޮޅަށް ހިންގޭ ހަރަކާތްތަކެއްގެ ގޮތުގައެވެ.

މުސްލިމުންގެ ގައުމުތަކަށް އަރައި އެމީހުން ކަތިލަމުންދާ ޤައުމަކުން، ދުވަހެއްގެ ކޮޅުން ވެރިކަމުގެ ކޮއިލުކޮޅުތެރެޔަށް ފިޔަވަޅެއް އެރިފައި ހުރިމީހެއް ރާއްޖެ އަޔަސް ހީވާނީ އެހެންކަމެއްހެންނެވެ. ހިންގަވައިފައި ވަޑައިގަންނަވާ މަގެއްނަމަ އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ދެމީހުން އެމީހަކުގެ ހަށިފާރަޔަށް ތިބޭނެއެވެ. ނިދިކުރައްވާ ކޮޓަރިތެރޭގައިވެސް ހަށިފާރަވެރިންނެވެ. ފާހާނާކޮޅުގައިވެސް ނުތިބޭ ކަމެއް ނޭންގެއެވެ. މިއިރަކު މިއީ ޓެރަރިސްޓުންނަކަށްވެސް ނުވެއެވެ. ޓެރަރިސްޓަކަށް ވަނީ ދީނީ އިލްމުވެރިޔަކު އައިސް މިނުބައި އިލްމާނީން ހިންގާ ހަރަކާތްތަށް މީސްތަކުންނަށް އަލިފުން ބާޔައަށް ބަޔާންކޮށްދީ އެމީހުންގެ ނުބައި މަޤްޞަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަހަކަށް ވެދާނެތީއެވެ. ދިވެހި ވެރިންގެ ހާލަކީ މިހިރީޔެވެ. އިސްލާމްދީން ދިފާއުކުރުމަށް ﷲގަންދީ ހުވާކުރިފަހުން އަދި މިއުޅެނީ ދެއަހަރު ހަމަނުވެގެންނެވެ. ހަނދާން ބަލިކަށިވިޔަސް ދެން އެވަރު ތަންފުކެއް ބޮޑުނޫންތޯއެވެ؟

ގުޅުންހުރި

6 ޚިޔާލު

  1. ޓެރެރިސްޓް އަކީ ޑޮކްޓަރ ޒާކިރު ނާއިކް އެ ނޫން އެހެންބައެ. ދީނީ އިލްމު ވެރި އެ ވެޖިޔާ ތެރެރިސްޓަކަ މި މީހުން މިހަދަނީ ކީވެތަ. އަޅެ އެމީހުންނަށް ދީނުގެ އިލްމުން އެވެސް ވަރެ ނުލިބެނީބާ…….

  2. މިޔަދުގެ ސަރުކާރުގައި އަދިކުރީގެ ސަރުކާރުގައި ތިއްބެވި ސެކިއުލަރިސްޓުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސެކިއުލަރރިސްޓުންނާއި އަނެއްފިކުރުގެންގުޅޭ ހުރިހާ ބޭފުޅުންނާއި މީހުން ރާއްޖޭގައި ބާއްވާ ޑރ.ޒާކިރުނައިކުގެ ދަރުސް ބާއްވާ މައިދާނަށް ނިކަންކެރިގެން ހާޒިރުވެބަލާށެވެ.އަދި އެޢިލްމުވެރިޔާއަށް ސުވާލުކޮށް ޖަދަލުކޮށް ހަދާށެވެ.ތިޔަމީހުން ނުވަތަ ބޭފުޅުން އެދީނަކާއިމެދު ހިތުގައި ނަފްރަތްތެރިކަމާއި ޝައްކުއުފައްދާ ދީނާއިމެދު ސުވާލުކޮށް ހަދާބަލާށެވެ.އޭރުން ތިޔަ ޝައްކުތަށް ފިލާގޮސްފާނެއެވެ.ތިޔަމީހުންގެ ހިތަށް ރާހަތެއްކުރޭތޯ އަޅުގަނޑުމެން ނިކަންބަލާނަމެވެ.ތިމީހުންގެހުރިފެންވަރެއް ބަލާނަމެވެ.އަދި ޑިފެންސް ވުޒާރާއިން ސެކުރިޓީ ދޭން ދެކޮޅުހެއްދެވިޔަސް،ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއްވެއެވެ.އަދި ތިމީހުން ދީން ހިމާޔަތްނުކުރިޔަސް ދީން ހިމާޔަތްކޮށް ރައްކާތެރިކުރައްވާނޭ ފަރާތެއްވެއެވެ.

  3. ޣައިރުދީންތަކުގެ މީހުންވެސް ޤަބޫލުކުރޭ ޑރ.ޒާކިރުނައިކަކީ ޓެރެރިސްޓެއް ނޫންކަމަށް.

  4. Mikahala ethan kamakaa kurimathi laan jeheyneve. ehen kamun “keitheri” vumakee v muhhimmu kamekeve.Insaa Allah,hurihaa kamen dhaanee ragalhan

  5. ﷲ ސުބުހާނަހޫ ވަތައާލާގެ ސެކިއުރިޓީMNDF އަށް ވުރެ ހާސްބައި ގަދަވާނެ.MNDF ސެކިއުރިޓީ ބަލަހައްޓަން ހަވާލު ނުވިއަސް އެކަމާއި މެދު އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން އެކަން ދޫކޮއްލާނީ އެ ޖައްބާރު ވަންތަ އިލާހުގެ އަތްޕުޅު މައްޗައް.

  6. terroristunnakeen hama ebaimeehunneve ekamaku abaimeehunnah ekameh neygey

Your email address will not be published. Required fields are marked *

More in ރިޕޯޓް