
އިސްލާމީ ޘަޤާފަތާއި ޢަރަބި ބަސް ދަސްކޮށްދޭ ކޯހުގައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛަކު ކިޔަވައިދެއްވާއިރު ޝައިޚް ޢަލީ ޒާހިރު ތަރުޖަމާކޮށްދެއްވަނީ – ފޮޓޯ : ވަސީމް - ދިއިސްލާމް / ލިޔުނީ : ޙަސަން ޝިޔާޒް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީ އާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެއްބާރުލުމާއެކު ދިވެހި ޒުވާނުންނަށް އަމާޒްކޮށްގެން ހިންގާ އިސްލާމީ ޘަޤާފަތާއި ޢަރަބި ބަސް ދަސްކޮށްދޭ ކުރުމުއްދަތުގެ ކޯސް މިއަދު ހަވީރު ފަށައިފިއެވެ.
27 ޖޫން 2011 ން 14 ޖުލައި 2011 ށް ހިންގާ މިކޯހުގައި ކިޔަވައިދެއްވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛުންނެވެ. ކޯހުގައި ކިޔަވައިދެއްވަނީ އަރަބި ބަހުން ކަމުން ތަރުޖަމާ ކޮށްދެއްވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ބައެއް ލެކްޗަރަރ އިންނާއި ބައެއް ޝައިޚުންނެވެ. އޭގެ ތެރޭގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޝައިޚް މުޙައްމަދު ނަޝީދު އާދަމް، ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް، ޝައިޚް އިލްޔާސް ޖަމާލް އަދި ޝައިޚް މުޙައްމަދު ޠައްޔިބް ހިމެނެއެވެ.
މިކޯހުގައި ކިޔަވައި ދެވޭ ބައިތަކުގެ ތެރޭގައި އަޤީދާ، ޙަދީޘް އަދި ޢަރަބި ބަސް ހިމެނެއެވެ. މިކޯހުގެ ކްލާސްތައް ކުރިއަށް ދަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައެވެ. ފިރިހެން ކުދިންގެ ދެ ކްލާހާއި އަންހެން ކުދިންގެ ކްލާހެއް މިކޯހުގައި ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިސްލާމީ ޘަޤާފަތާއި ޢަރަބި ބަސް ދަސްކޮށްދޭ ކޯހުގެ ކްލާހެއް ކުރިއަށް ދަނީ – ފޮޓޯ : ވަސީމް - ދިއިސްލާމް


ކޮމެންޓް (0)
ލޯޑް ކުރަމުން...