ދުނިޔެ ގައްޒާފީ ހައްޔަރުކުރުމުގެ އަމުރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފި

ގައްޒާފީ ހައްޔަރުކުރުމުގެ އަމުރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ލީބިޔާގެ ރައީސް މުއައްމަރުލް ގައްޒާފީ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

ގައްޒާފީގެ މައްޗަށް ކޯޓު އަމުރު މި ނެރުނީ އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގައިފައިވާތީކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.

ގައްޒާފީގެ އިތުރުން އޭނާގެ ދަރިފުޅު ސައިފް އަލް އިސްލާމް އަދި ޖާސޫސީ އިދާރާގެ ވެރިޔާ އަބްދުﷲ އައް ސަނޫސީ އަށް ވެސް ވަނީ އިންސާނިއްޔަތާ ޚިލާފުވުމުގެ ތުހުމަތުކޮށް ކޯޓު އަމުރު ނެރެފައެވެ.

ނޭޓޯއިންވަނީ ގައްޒާފީއާ އިދިކޮޅު ފަރާތްތަކާގުޅިގެން ގައްޒާފީއަށް ވާގިވެރިވާ ސިފައިންނާ ދެކޮޅަށް ވައިގެ އުޅަނދުތަކުން ހަމަލާތައް ދޭންފަށައިފައެވެ. މި ހަމަލާތަކުގެ ބޭނުމަކީ ލީބިޔާގެ އާއްމުން ހިމާޔަތް ކުރަންކަމަށް ބުނަމުންދާއިރު، މި ހަމަލާތަކުގެ ސަބަބުން އާއްމުންގެ އެތަށް ބަޔަކު މަރުވެފައިވާކަމަށް ލީބިޔާގެ އޮފިސަލުން ހާމަކުރައެވެ

ހުޅަނގުން ލީބިޔާއަށް ހަމަލާ ދިނުމުގެ މައިގަނޑު ބޭނުމަކީ އިރުމަތީ އެފްރިކާގެ ގައުމުތަކުގައި ހުރި ތެލުގެ ރިޒާވްގެ ބޭނުންކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.

ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ދިގު ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

ޓެގް

ސައިފް އަލް އިސްލާމް ގައްޒާފީ ލީބިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.