ދުނިޔެ ކޯޕަން ހޭގަން އުން ތެލްއަވީވަށް ކުރަމުންދާ ވައިގެ ދަތުރުތައް އިޒްރޭލުން ހުއްޓާލަނީ.

ކޯޕަން ހޭގަން އުން ތެލްއަވީވަށް ކުރަމުންދާ ވައިގެ ދަތުރުތައް އިޒްރޭލުން ހުއްޓާލަނީ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ދި އިސްލާމް ޑެއިލީ

ޑެންމާކުގެ ކޯޕަން ހޭގަން އުން އިޒްރޭލުގެ ތެލް އަވީވާ ދެެމެދު ކުރަމުން ދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް އިޒްރޭލުން އުޅޭކަމަށް ހާރެޓްޒް ނޫހުން ހާމަކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި، ވައިގެ ދަތުރުތައް މެދު ކަނޑާލަން އިޒްރޭލުން މި ނިންމީ އިޒްރޭލުން ހުށައެޅި ހުށައެޅުންތަކަށް ޑެންމާކުގެ ސަރުކާރުން އިޖާބަ ނުދިނުމުންނެވެ. އިޒްރޭލުން ހުށައެޅި ހުށައެޅުމުގައި ވާގޮތުން ޑެންމާކުގެ ކޯޕަން ހޭގަން ވައިގެ ބަނދަރުގައިވެސް އިޒްރޭލުގެ ސެކިޔުރިޓީ ގާޑުންނަށް ހަތިޔާރާއެކު މަސައްކަތް ކުރެވެން ޖެހެއެވެ. އަދި، ބޯޓުތަކަށް އަރާ ފަސެންޖަރުން ޗެކުކުރުމާއި، އެންމެހާ ސެކިއުޔުރިޓީ ޗެކަޕެއް ހެދުމުގެ މިނިވަންކަން އިޒްރޭލުގެ ސެކިޔުރިޓީ ގާޑުންނަށް ލިބެންޖެހެއެވެ.

އިޒްރޭލުން ހުށައެޅި ހުށައެޅުމާ ދެކޮޅު ހަދަމުން ޑެންމާކު ސަރުކާރުން ބުނެފައިވަނީ، ކޯޕަން ހޭގަން ވައިގެ ބަނދަރުގައި ސެކިޔުރިޓީ ޗެކަޕްތައް ހެދުމުގެ ކަންތައްތައް ހަމައެކަނި އިޒްރޭލުގެ އަތް މަށްޗަށް ދޫކޮށް ނުލެވޭނެކަމަށާއި، އެހެން ނަމަވެސް ޑެންމާކުގެ ފުލުހުންނާ ގުޅިގެން ގެންދިޔުމަށް ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް އިޒްރޭލުން ވަނީ ޑެންމާކުގެ ނިންމުމާ ދެކޮޅު ހަދައި، ކޯޕަން ހޭގަން އުން އިޒްރޭލުގެ ތެލް އަވީވަށް ކުރަމުން ދާ ދަތުރުތައް ހުއްޓާލުމުގެ މަސައްކަތް ފަށާފައެވެ.

އިޒްރޭލަކީ އަބަދުވެސް އެހެން ޤައުމުތަކުގެ ސަލާމަތީ ކަންކަމުގެ ތެރެއަށް "އަތް ބާނަން" މަސައްކަތް ކުރާ ޤައުމެކެވެ. ކޯޕަން ހޭގަން އުން ތެލް އަވީވަށް ކުރަމުން ދާ ވައިގެ ދަތުރުތަށް ހުއްޓާލަން ޖެހުމަށް މެދުވެރިވި ސަބަބަކީވެސް މިކަމުގެ އަލިގަދަ ހެއްކެކެވެ.

ޓެގް

އިޒްރޭލް ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.