އަރަބިދުނިޔެ ޚާއްޞައެހީއަށް ބޭނުންވާކުދިންގެ ފުރަތަމަ ސަރުކާރު ސްކޫލު ޣާޒާގައި ހުޅުވައިފި

ޚާއްޞައެހީއަށް ބޭނުންވާކުދިންގެ ފުރަތަމަ ސަރުކާރު ސްކޫލު ޣާޒާގައި ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ޚާއްޞައެހީއަށް ބޭނުންވާ ކުދިންގެ ސްކޫލެއް ސަރުކާރުފަރާތުން ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ ޣާޒާގައި އިއްޔެ ހުޅުވައިފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ ޣާޒާގެ އެޑިއުކޭޝަން މިނިސްޓަރު އަދި ހަމާސް ޖަމާޢަތުގެ ބޭފުޅެއްކަމުގައިވާ ޑރ.މުޙައްމަދު އަބޫ ޝަޤީރުއެވެ.
ޑރ.މުޙައްމަދު އަބޫ ޝަޤީރު މީޑިއާއަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިފަދަ ސްކޫލެއް ހުޅުވުމަށް ވިސްނައި ރާވަމުންދާތާ އަހަރުތަކެއްވެފައިވާކަމަށެވެ.
މިސްކޫލަކީ ފިރިހެން ކުދިންނާއި އަންހެންކުދިން ވަކިން ކިޔަވައިދޭ ސްކޫލެކެވެ. އަދި މި ސްކޫލަކީ ބޭރުގެ އެއްވެސް ޓީޗަރަކު ނުހިމެނޭގޮތަށް ކިޔަވައިދޭނެ ސްކޫލެއްކަމަށްވެސް ޑރ.މުޙައްމަދު އަބޫ ޝަޤީރު ހަމަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.