އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޚާއްޞަ ދަރުސެއް މިއަންނަ ޖުލައި 8 ވާ ހުކުރު ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމްޢިއްޔާގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި މި ދަރުސްގެ މަޢުޟޫއަކީ "އެންމެ ބޮޑު ދުޝްމަން" އެވެ. ދަރުސް އޮންނާނީ އެރޭ 20:45 ގައެވެ. އެޖަމްޢިއްޔާއިން އިތުރަށް ހާމަކުރާ ގޮތުގައި ދަރުސް ބާއްވަނީ "މާލޭގެ އިރުމަތީފަރާތު ހެދިގޮނޑުދޮށް ހިމެނޭ ސަރަހައްދުގައި" ކަމަށެވެ.
ދަރުސް އިޝްތިހާރު ކުރުމަށްޓަކައި އެޖަމްޢިއްޔާ އިން ވަނީ ގާތްގަނޑަކަށް 50 ބެނަރ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...