މިރޭ އިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ދަރުސް އެއް ބޭއްވުމަށް މުސްލިމުންގެ ގުޅުމުގެ ފަރާތުން ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތުން މިރޭ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު އެވެ.
މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް މުސްލިމުންގެ ގުޅުމުން އެދިލައްވައެވެ.
މިދަރުސަކީ މުސްލިމުންގެ ގުޅުން ޖަމްޢިއްޔާ އިން އިންތިޒާމްކޮށްގެން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ބޭއްވޭ ދަރުސެކެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...