އެމެރިކާ މައިކްރޯ ވޭވް އަވަނަކަށް ލާ ދަރިފުޅު މަރާލި މަންމައަކު ހައްޔަރު ކޮށްފި

މައިކްރޯ ވޭވް އަވަނަކަށް ލާ ދަރިފުޅު މަރާލި މަންމައަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

މައިކްރޯ ވޭވް އަވަނަކަށް ލާ ދަރިފުޅު މަރާލި މަންމައަކު ހައްޔަރު ކޮށްފިއެވެ.

ކެލިފޯރިޔާގައި ހިނގި މިހާދިސާގައި ހައްޔަރު ކޮށްފައިވަނީ ފުލުހުން ހާމަ ކުރާގޮތުގައި 29 އަހަރުގެ މަންމައެއްކަމަށެވެ. އެ އަންހެން މީހާގެ ދަރިފުޅު މަރުވި މައްސަލަ ތަގުގީގު ކުރަމުންދަނިކޮން މިކަން ފަޅާއެރުމުގެ ސަބަބުން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހަފްތާގައިކަމަށާއި ކުއްޖާ މަރުވެފައިވަނީ މާރޗް 17 ވަނަ ދުވަހުގައިކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ކަން ހިނގި ގޮތް މާބޮޑަށް ސާފު ނުވިނަމަވެސް އަވަނަކަށް ލުމުގެ ސަބަބުން ފިހިފައިވާ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން މި އަންހެން މީހާ ހައްޔަރު ކޮށްފައިވާއިރު އޭނާ އުޅެމުން ދިޔައީ އޭނާގެ އިތުރު 3 ދަރިންނާއި އެކުގައެވެ.  ދަރިފުޅު 'ފިހެލި' މައްސަލާގައި އެއަންހެނާ ޖަލަށް ލަފައިވާއިރު އޭނާގެ 'ސިކުނޑީގެ މައްސަލަ'އެއް ހުރިތޯ  ބެލުމަށް ކޯޓު މެދުވެރިކޮށް ބަލާނެކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ޓެގް

ދަރިފުޅު މަރާލުން އަވަން މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.