އޭކަން ރާއްޖޭގައި ދިނުމަށް ހަމަޖެހިފައިވާ ކޮންސެޓް ވަކި ތާރީހެއް އެންގުމެއް ނެތި ފަސްކޮށްފިއެވެ.
ގިނަ މުސްލިމުންގެ ނުރުހުމުގައި މިމަހު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންސެޓް ފަސްކުރެވުނީ 'އޭކަން ޝޯ އިންތިޒާމް ކުރާ ފަރާތުން ރާއްޖޭގައި ހަމަޖައްސަން އެދުނު ކަންތައްތައް ލިބިފައިވާ ކުޑަ މުއްދަތުގެ ތެރޭގައި ހަމަޖެއްސުމަށް ދަތިވެގެން' ކަމަށް ޓީވީއެމް 8 ގެ ހަބަރުގައި އެކޮންސެޓް އިންތިޒާމްކުރުމުގައި ރާއްޖޭން ހަރަކާތްތެރިވާ ފަރާތާއި ހަވާލާދީ ވަނީ ހާމަކޮށްފައެވެ. ޝޯ ދެން ކަނޑައެޅިފައިވާ ތާރިހަށް ނުބޭއްވުނަށް ރާއްޖޭގައި މިޝޯ ބާއްވާނެކަމަށާއި ޝޯ އޮތް ތާރީހެއް 6 ހަފްތާ ފަހުން އިއުލާން ކުރާނެކަމަށްވެސް އެފަރާތާއި ހަވާލާދީ ޓީވީއެމް އިން ވަނީ ހާމަކޮށްފައެވެ.
ދާދިފަހުން ރާއްޖޭގައި ބާއްވަން އުޅުނު 'ބޮނިއަމް' ޝޯ ކެންސަލްކޮށް ސަރުކާރުން މިޝޯ ބާއްވާގޮތަށްވަނީ ހަމަޖައްސާ އިއުލާންކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...