އޭޝިއާ އަފްޢާނިސްތާނަށް އައި ބިންހެލުމުގައި 7 މީހުން މަރުވެ، 34 މީހުން ޒަހަމްވެއްޖެ

އަފްޢާނިސްތާނަށް އައި ބިންހެލުމުގައި 7 މީހުން މަރުވެ، 34 މީހުން ޒަހަމްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އަފްޢާނިސްތާނަށް އައި ބިންހެލުމުގައި 7 މީހުން މަރުވެ، 34 މީހުން ޒަހަމްވެ 40 ގެ ބިމާ ހަމަވެއްޖެއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި 5.3 ގެ ބާރު މިނުގައި އައި މިބިންހެލުން އައިސްފައިވަނީ އަފްޢާނިސްތާންގެ ކާބުލް އާއި 190 ކމ ދުރުގެ ސަރަހައްދަކަށް ކަމަށް އަފްޢާނިސްތާނުގެ ކަމާބެހޭފަރާތްތަކުން ހާމަކުރެއެވެ. މިބިންހެލުމުގައި އަފްޢާނިސްތާނުގެ ތިން ޑިސްޓްރިކްއަކަށް އެކި މިންވަރަށް އަސަރު ކޮށްފައިވާކަމަށާއި ބިންހެލުމުގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ސަރުކާރުން ވަނީ މީޑިއާއަށް ހާމަކޮށްފައެވެ.

މީޑިއާތަކުން ހާމަކުރާގޮތުގައި މިބިންހެލުމުގެ އަސަރު ކާބުލް އަށާއި އަވައްޓެރި ގައުމުތަށްކަމުގައިވާ އުޒްބަކިސްތާނަށާއި ތަޖަކިސްތާނަށްވެސް ވަނީ ކޮށްފައެވެ.

2002 ވަނަ އަހަރު އަފްޢާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 1500 މީޙުން މަރުވެ އެތައް އިމާރާތެއް ބިމާހަމަވެ އެތައް ބަޔަކަށްވަނީ ހާނިއްކަވެފައެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.